މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަން ކަމަށް މުހައްމަދު ފަހީމް (ފަހީމްބެ) ހަމަޖައްސައިފި އެވެ.
އެމްޓީސީސީގެ ޗެއާމަންގެ މަގާމަށް ހަމަޖެއްސި ފަހީމަކީ 2009 ވަނަ އަހަރުން ފެށިގެން 2012 އަށް އުތުރު ޕްރޮވިންސުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން ނ. އަތޮޅުގެ ކައުންސިލަރުކަން ދެ ދައުރެއްގައި ފުރުއްވާފައިވާ ބޭފުޅެކެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީ ޗެއާމަން ކަމަށް ފަހީމު އައްޔަން ކޮށްފައިވާއިރު، އެ ކުންފުނީގެ ބޯޑުގައި ތިބީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން ޝާހް އާއި ޑިރެކްޓަރ ޝިނާން އަލީ އާއި އަބްދުﷲ ޝިއާރުގެ އިތުރުން ޝާހިދު ހުސެއިން މޫސާ އެވެ. މީގެ އިތުރުން ޕަބްލިކް ތަމްސީލް ކުރާ ޑިރެކްޓަރުގެ ގޮތުގައި ތިއްބެވީ މަންސޫރު ޒުބެއިރު އާއި ނަޝްރަތު މުހައްމަދުކަން ފާހަގަ ކޮށްލެވެއެވެ.
ސިލިކާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީވެސް މުހައްމަދު ފަހީމެވެ.
ފަހީމަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިސް މަގާމު ތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.