Advertisement
ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 18:41
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ޝަހުދީ އަންވަރު
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ޝަހުދީ އަންވަރު
މުހައްމަދު ޝަރުހާން
އާބިޓްރޭޝަން ސެންޓަރ
އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަނަކަށް ޝަހުދީ އަންވަރު
ޝަހުދީ ރާއްޖެއިން ބޭރުގައިވެސް އާބިޓްރޭޝަންގެ މަސައްކަތްތައް ކުރައްވާފައިވޭ

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަނަކަށް ގާނޫނީ ވަކީލް މުހައްމަދު ޝަހުދީ އަންވަރު، ވައިސް ޗެއާ އަކަށް ވަކީލު ހުސެން ސިރާޖު އަދި މެންބަރު ކަމަށް ވަކީލް ސަފާ ޝަރީފް މިއަދު އައްޔަން ކުރައްވައިފި އެވެ.

މި ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ހިންގުމަށް ފަހި މާހައުލެއް ތަނަވަސްކޮށްދީ އަދި އާބިޓްރޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ.

މީގެ އިތުރުންވެސް މައްސަލަތައް ހައްލުކުރުމުގައި އާބިޓްރޭޝަންގެ މަގު އިހްތިޔާރުކުރަން ހިތްވަރު ދީ، އާބިޓްރޭޝަންގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމުގެ މަސްއޫލިއްޔަތު އޮންނަ ސެންޓަރަކީވެސް އާބިޓްރޭޝަން ސެންޓަރެވެ.

އަދި މީ މަދަނީ ޝަރުއީ މަރުހަލާއަށް ނުގޮސް، ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ ނިޒާމެވެ. 

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމާއި އެ ބޯޑުގެ ޗެއާމަން ކަމަށް ޝަހުދީ އައްޔަން ކުރަށްވާފައި ވާއިރު އޭނާ އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އާބިޓްރޭޝަންގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.

އާބިޓްރޭޝަންގެ ސެންޓަރުގެ ބޯޑަކީ ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކަށް ވާއިރު އެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކިކުރާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ރައީސްކަން ފާހަގަ ކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް