ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 18:37
ބީބީސީން ނެގި ޕޯލެއްގައި ދައްކާގޮތުން ވިދޯދޯ އުޅުއްވަނީ 54 އިންސައްތައާއެކު ކުރީގައި
ބީބީސީން ނެގި ޕޯލެއްގައި ދައްކާގޮތުން ވިދޯދޯ އުޅުއްވަނީ 54 އިންސައްތައާއެކު ކުރީގައި
ގެޓީ އިމޭޖަސް
އިންޑޮނީޝިއާގެ އިންތިޚާބު
އިންޑޮނީޝިއާގެ އިންތިޚާބު: ރިޔާސީ ރޭހުގެ ކުރީގައި ރައީސް ވިދޯދޯ
އިންތިހާބުގައި 192 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވޭ

އިންޑޮނީޝިއާގައި ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބުގެ ވޯޓުލުމުގެ ވޯޓުލުން ބަންދުވުމާއެކު މިހާތަނަށް ގުނިފައިވާ ވޯޓުގެ ނަތީޖާ ދައްކާގޮތުން މިހާރުގެ ރައީސް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަންނަވާނެ ކަމަށް ދައްކައިފިއެވެ.

ޖޯކޯ ވިދޯދޯ އުޅުއްވަނީ އެންމެ ގާތުން ވާދަ ކުރައްވާ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯއަށް ވުރެ 10 އިންސައްތަ ކުރީގައެވެ.

ރަސްމީ ނަތީޖާ މެއި މަހުގެ ކުރިން ނުލިބޭނެ ކަމަށް ބެލޭއިރު "އަވަސް ގުނުން"ގެ ނަމުގައި ގުނޭ ވޯޓު ވޯޓުގެ މަސައްކަތް ކުރާ ކުންފުނިތަކުން ގެންދަނީ ކުރިއަށެވެ. މި ނަތީޖާ ތަކަކީ މީގެ ކުރި އަހަރުތަކުގައި ވެސް ސައްހަ ނަތީޖާތަކެވެ.

އިންޑޮނީޝިއާގައި ބުދަ ދުވަހު ބޭއްވި އިންތިޚާބަކީ އެއްދުވަހަށް ދެމިގެންދާ ގޮތަށް ދުނިޔޭގައި ބޭއްވި އެންމެ ބޮޑު އިންތިޚާބެވެ.

މިފަހަރުގެ އިންތިހާބުގައި 192 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި އިންތިޚާބުގައި ސަރައްހައްދީ މަޖިލީސް ތަކަށާއި ގާނޫނުހަދާ ގައުމީ މަޖިލީހަށް ޖުމްލަ 20،000 މަންދޫބުން ހޮވާނެއެވެ.

ވިދޯދޯއާ އެެންމެ ގާތުން ވާދަކުރައްވާ ޕްރަބޯވޯއަކީ 2014 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ވާދަކުރައްވާފައިވާ  ކެނޑިޑޭޓެވެ.

މިހާތަނަށް ގުނިފައިވާ ވޯޓުގެ ސާމްޕަލް ބޭނުންކޮށްގެން ކޮމްޕަސް މެދުވެރިކޮށް ބީބީސީން ނެގި ޕޯލެއްގައި ދައްކާގޮތުން ވިދޯދޯ އުޅުއްވަނީ 54 އިންސައްތައާއެކު ކުރީގައެވެ. އެންމެ ގާތުން ވާދަކުރައްވާ ޕްރަބޯވޯ އަށް ލިބިވަޑައިގަންނަވާނެ ކަމަށް ދައްކަނީ 45 އިންސައްތައެވެ.

ޕޯލް ނަގާ އިތުރު ކުންފުނިތަކަށް ވެސް ދައްކަނި މިނަތީޖާއެވެ.

ނަމަވެސް ޕްރަބޯވޯ ރިޕޯޓަރުންނަށް ވިދާޅުވީ އެ މަނިކުފާނުގެ ޓީމުގެ ޑޭޓާތަކަށް ބަލާއިރު 50 އިންސައްތައަށް ވުރެ ގިނަ ވޯޓާއެކު ކުރީގައި އޮންނާނީ އެ މަނިކުފާނުކަމަަށް ދައްކާކަމަށެވެެ.

 

 

- ކޮމެންޓް