މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާނެ ނަމަކާމެދު ގޮތް ނިންމުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެއެވެ.
އެމްޑީޕީގެ 13 އަހަރު ދުވަހުގެ ތާރީހުގައި މަޖިލީހުގެ ރައީސަކަށް އެ ޕާޓީން ހުށަހަޅާނެ ނަމަކާމެދު ޕާލަމެންޓްރީ ގްރޫޕުގައި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ. ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ތެރެއިން އެ މަގާމަށް ޝައުގުވެރިވާ ބޭފުޅުންގެ ތެރެއިން، ވަކި ބޭފުޅަކު އެ މަގާމަށް ގެންނަން ޕާލަމެންޓްރީ ގްރޫޕުން ވިޕުލައިނެއް ވެސް މިހާތަނަށް ނެރެފައެއް ނުވެއެވެ. އަދި އެ މަގާމަށް އެ ޕާޓީން ހުށަހަޅާނެ ނަމަކާމެދު ގޮތެއް ނިންމުމަށް ނަގާ ވޯޓަކީ ސިއްރު ވޯޓެއް ކަމެއް، އަދި އާންމުކޮށް ހުޅުވާލައިގެން ނަގާ ވޯޓެއް ކަމެއް ވެސް ކަނޑައަޅާފައެއް ނުވެއެވެ.
މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވައި ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާނެ ނަމަކާމެދު ގޮތް ނިންމަން ޖެހޭނީ ސިއްރު ވޯޓަކުން ކަމަށެވެ. ސަބަބަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރު ކަނޑައަޅަނީ ވެސް ސިއްރު ވޯޓަކުން ކަމަށެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ހުށަހަޅާނެ ނަމަކާމެދު ގޮތް ނިންމާނީ ޕާޓީން ކަމަށާއި އެމްޑީޕީގެ އަގުލަބިއްޔަތު މަޖިލީހުގައި އޮތުމުން އެމްޑީޕީން ނިންމާ ގޮތަކަށް އެކަން ފާސްވާނެ ކަމަށެވެ. ނަމަވެސް ޕާލަމެންޓްރީ ގްރޫޕުގައި އެ ވޯޓު ނަގާނެ ގޮތެއް އަސްލަމް ވިދާޅެއް ނުވެއެވެ.
ގާނޫނުއަސާސީގައި ބުނެފައި ވަނީ އާންމު އިންތިހާބަށްފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވަން ޖެހޭނީ ސިއްރު ވޯޓަކުން ކަމަށެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވޯޓު ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ޕާލަމެންޓްރީ ގްރޫޕޫގައި ގޮތެއް ނިންމަންޖެހޭނީ ސިއްރު ވޯޓަކުން ނޫން ކަމަށެވެ. މަޖިލީހުގައި ހޭދަ ކުރެއްވި 10 އަހަރު ދުވަހުގެ ތެރޭގައި ވިޕުލައިން ނެރުމަށް ވޯޓު ދިނީ އާންމުކޮށް ހުޅުވާލައިގެން ކަމަށާއި އެޖެންޑާ19 ބާރުއަޅަނީ މަޖިލީހުގެ ކަންކަން ހާމަކުރުމަށް ކަމަށް އީވާ ވިދާޅުވިއެވެ.
MDP whipline for Majlis Speaker/Deputy Speaker must be held openly. In the 10 years I’ve been a MDP MP, we’ve never used a secret vote to decide how we’d cast our votes in Parliament (our whiplines).#Agenda19 advocated for a more open Majlis; we can’t start with more secrecy.
— Eva Abdulla (@evattey) April 17, 2019
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓެއް ނަގައިގެން، މަޖިލީހުގެ ރައީސް ކަމަށް ނަމެއް ހުށަހެޅުމަކީ މީގެ ކުރިން އެމްޑީޕީން ކުރި ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ފުރަތަމަ ދުވަހު ވޯޓު ވިއްކަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
MDP PG in meege kurin kuri kameh ves noon e’ee Majilis Speaker kamah nameh propose kurumahtakai PG gai sirru vote negun. We should NOT let vote selling begin early in the day!
— ???????? ????? (@Imthiyazfahmy) April 17, 2019
އާ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މީކާއިލް ނަސީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެމްބަރުން ވޯޓު ދޭ ގޮތް ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށާއި މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާ ނަމެއް ފާސްކުރުމަށް ނަގާ ވޯޓު، ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ވޯޓު ނެގުމަށް ތާއީދު ކުރައްވާ ކަމަށެވެ.
Constituents have an inherent right to know how their MP votes in Parliament — and in all matters pertaining to Parliament.
— Mickail Naseem (@MickailNaseem) April 17, 2019
I support an open ballot to nominate MDP candidates for Speaker & Vice Speaker.
In fact, I insist PG voting details be publicised on the party’s website.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށް ނަން ހުށަހަޅަން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތުވީ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ މަގާމަށް މިހާތަނަށް ކުރިމަތިލާ ބޭފުޅުން އަދަދު ވަނީ ހައަކަށް އަރާފައެވެ.
ރޮޒައިނާ އާއެކު މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަންފާޅު ކުރައްވާފައިވާ ބޭފުޅުންނަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ އިތުރުން މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ވާދަ ކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރެވެ.