ކ. މާލެ
|
11 އޭޕްރިލް 2019 | ބުރާސްފަތި 12:15
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ގެޓީ އިމޭޖަސް
އިންޑިއާގެ އާއްމު އިންތިހާބު
އިންޑިއާގެ ދަނޑުވެރިންގެ އާމްދަނީ ދެ ގުނައަށް އިތުރުކުރާނެ ކަމަށް މޯދީ ވައުދުވެވަޑައިގެންފި
2022 ވަނަ އަހަރުގެ ކުރިން އާމްދަނީ ދެގުނައަށް އިތުރުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައިވޭ

އިންޑިއާގެ ދަނޑުވެރިންގެ އާމްދަނީ ދެ ގުނައަށް އިތުރުކޮށްދެއްވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވައުދުވެޑައިގެންފިއެވެ.

މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީ ޖޭޕީން ނެރެފައިވާ 75 އިންތިހާބީ ވައުދުގެ މެނިފެސްޓޯގައި ވަނީ އިންޑިއާގެ ރަށްފުށު ހިސާބުތަކަށް 360 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ހިމަނާފައެވެ. އަދި 2022 ވަނަ އަހަރު އަންނަންވާ އިރަށް އެ ގައުމުގެ ދަނޑުވެރިންގެ އާބާދީ ދެ ގުނައަށް ބޮޑުކުރައްވާނެ ކަމަށް ވެސް އޭގައި ވަނީ ހިމަނާފައެވެ.

މީގެ އުތުރުން 60 އަހަރުން މަތީގެ ދަނޑުވެރިންނަށް ޕެންޝަނެއް ފޯރުކޮށްދިނުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައި ވެއެވެ. މި ޕެންޝަނަކީ ދަނޑުވެރިންނަށް ލިބޭ އާމްދަނީގެ ނިސްބަތުން ކަނޑައެޅިގެން ދާނެ އެއްޗެކެވެ.

އިންޑިއާގެ އާއްމު އިންތިހާބުގެ ވޯޓު ފަށަން ތިން ދުވަހަށް ކުޑަތަންވެފައި އޮތްވާ ބީޖޭޕީން ތައާރަފުކުރި މެނިފެސްޓޯއަކީ ރައްޔިތުން "ހައްދާލުމުގެ" ގޮތުން ކޮށްފައިވާ ކަމެއް ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީ އިން ވަނީ ބުނެފައެވެ. އަދި ކުރިން ވެސް ތިކަހަލަ ވައުދުވެ ނުފުއްދައި ހުރި ކަމަށް ވެސް އެ ޕާޓީންނާއި ބީޖޭޕީއާ ދެކޮޅު އެހެން ޕާޓީތަކުން ބުނެ އެ ފަރާތްތަކުން ވަނީ މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ބީޖޭޕީން އިންތިހާބަށް ނެރުނު ވައުދުނާމާގައި ހިމެނޭ އެހެން ކަންތަައްތަކުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވުން އިތުރުކުރުމާ، އިންޑިއާގެ އިގްތިސާދަށް އިތުރު 1.4 ޓްރިލިއަން ޑޮލަރު އިންވެސްޓް ކުރަން ހަމަޖެހިފައި ވެއެވެ.

- ކޮމެންޓް