ދުނިޔޭގެ ތާރީހުގައި ވެސް ބްލެކް ހޯލްއެއްގެ ފޮޓޮއެއް ފުރަތަމަ ފަހަރަށް ނެގުމަށް ފަހު އެސްޓްރޮނޮމަރުން އާއްމުންނަށް ދައްކާލައިފިއެވެ.
ދުނިޔެއާ 500 މިލިއަން ޓްރިލިއަން ކިލޯމީޓަރު ދުރުގައި ހުރި ގެލެކްސީއެއްގެ ފޮޓޯއެއް ނަގާފައި ވަނީ ދުނިޔޭގައި ބަހައްޓާފައި ހުރި އަށް ޓެލެސްކޯޕްގެ ވިއުގައެއް ބޭނުންކޮށްގެންނެވެ. ދުނިޔެއަށް ވުރެ ތިން މިލިއަން ގުނަ ބޮޑު ބްލެކްހޯލްއަކީ ވަރަށް ބޮޑު ބްލެކްހޯލެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
މިއީ ކާއިނާތުގައި ހުރި ބްލެކްހޯލްތަކުގެ ސައިޒުގެ ނިސްބަތުން ވެސް ބޮޑު ސަރަހައްދެއްގައި ކަވަރުކުރާ ބްލެކްހޯލެއް ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. "މަންޒަރުން އެ ފެންނަނީ މުލީ ސޯލަރ ސިސްޓަމަށް ވުރެ ވެސް ބޮޑު އެއްޗެށް" މި ދިރާސާގައި އިސްކޮށް އުޅުއްވީ ޕްރޮފެސަރު ހެއިނޯ ފަލްކޭ ވަނީ ބުނެފައެވެ.
ބްލެކްހޯލްގެ ވަށައިގެން އެ ފެންނަ އަލިގަދަ ކުލަތަކަކީ ގަދަޔަށް ހޫނުވެފައިވާ ގޭސްތައް ބްލެކްހޯލްގެ ތެރެއަށް ވެއްޓެމުން ދިޔުމާ ގުޅިގެން ފެންނަ ކުލަތަކެއް ކަމަށް ވެސް ފަލްކޭ ވަނީ ބުނެފައެވެ. ދުނިޔެއަށް މިހާ ދުރުގައިވާ އެއްޗެއް ފެންނަނީ ވެސް މި ސަބަބާ ހުރެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ބްލެކްހޯލް ހުންނަ ސަރަހައްދުގެ "ގްރެވިޓޭޝަނަލް ޕުލް" މަތި ކަމުން އައްޔަށް ވެސް ސަލާމަތް ނުވެވެއެވެ. ވަށްކޮށް އެ ފެންނަ ސަރަހައްދަކީ އަނދާ ހުލިވެފައިވާ ތަރިއަށް އަލި ވަންނަ ސަރަހައްދެވެ. ހުސްކަމަށް ބެލެވުނަސް އެ ސަރަހައްދަކީ ހުސް ސަރަހައްދެއް ނޫން ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.