ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 14:54
އާޓިފިޝަލް ބީޗް
އާޓިފިޝަލް ބީޗް
މިހާރު
އާޓިފިޝަލް ބީޗް
އާޓިފިޝަލް ބީޗް ތަރައްގީ ކުރުމަށް، މޫދަށް އެރޭ ސަރަހައްދު ބަންދުކުރަނީ
ބަންދު ކުރަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ނިޔަލަށް

މާލޭގެ އިރުމަތީ ފަރާތުގައި އޮންނަ އާޓިފިޝަލް ބީޗް ތަރައްގީ ކުރުމުގެ ގޮތުން މޫދަށް އެރޭ ސަރަހައްދު އެއްމަސް ދުވަހުގެ މުއްދަތަށް ބަންދުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ނިޔަލަށް ބީޗް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އާރޓިފިޝަލް ބީޗްގެ މޫދަށް އެރޭ ސަރަޙައްދު ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އަދި އާރޓިފިޝަލް ބީޗް ހިމެނޭ ސަރަޙައްދު ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ނިމެންދެން ބައި ބަޔަށް ބަންދު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އާރޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކުރީ ނިމިގެން ދިޔަ ސަރުކާރުގައެވެ. 

މާލެ  އާޓިފިޝަލް ބީޗް، ސަރަހައްދު  އަލުން ތަރައްގީ ކޮށް ހިތްފަސޭހަ ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. 

- ކޮމެންޓް
10 އޭޕްރިލް 2019 | ބުދަ 17:44
hihg
Eymas dhuvahsh bandhu kuraa iru swimming track am meehunah feybey goy hadhaabala ethasga shallow area Varah kuda