މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމު (އިސްލާމީ މަރުކަޒު)ގެ މުދިންކަމަށް ބ. ކެންދޫ އެއްގަމުގޭ ނަސްރުﷲ އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ޝެއިޚް ނަސްރުﷲ އެ މަގާމަށް އައްޔަން ކުރީ ހޯމަ ދުވަހު ކަމަށެވެ.
ނަޞްރުﷲ މި މަޤާމަށް ޢައްޔަނު ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. ނަސްރުﷲ އަކީ ޤުރުއާނާއި، އިސްލާމީ ޢިލްމު އުނގަންނައިދިނުމުގައި މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ބޭފުޅެކެވެ.
އަދި އޭނާއަކީ މިޞްރުގެ ޢަލްއަޒްހަރު ޔުނިވަރސިޓީ އިން "ބެޗެލަރ އޮފް އަރޓްސް ޑިގްރީ އިން އިސްލާމިކް ޝަރީޢާ" ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.