ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ މިރޭގެ ވަގުތެއްގައި އިއުލާން ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކަމިޝަން(އީސީ) އިން ބުނެފިއެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާން ކުރެވޭވަރު ވާނެ ކަމަށެވެ. އެހެން ނަމަވެސް ކޮން ގަޑިއެއްގައި ކަމެއް ވިދާޅެއް ނުވެއެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން އިންތިޚާބު ބާއްވާތާ ހަތް ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އީސީއިން އިއުލާން ކުރަން ޖެހޭނެއެވެ. އީސީއިން މި ފަހަރު އިއުލާން ކުރާނީ ދާއިރާތަކުގެ ނަތީޖާ އެކަންޏެވެ.
މަޖިލިސް އިންތިޚާބުގައި މި ފަހަރު 87 ދާއިރާއަކަށް ކެންޑިޑޭޓުން ހޮވާނެއެވެ. މިފަހަރުގެ އިންތިޚާބުގައި 2،64442 މީހަކު ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 212,079 (ދެ ލައްކަ ބާރަހާސް ހަތްދިހަ ނުވަ) މީހުން ވޯޓުލާފައި ވެއެވެ. އެއީ 80 ޕަސެންޓްގެ ޓާންއައުޓެކެވެ. މިއީ މަޖިލިސް އިންތިޚާބެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ވޯޓުލީ ފަހަރެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިފައެވެ.