ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މަޖިލިސް އިންތިހާބުގައި ދިވެހި ރައްޔިތުން ދައްކަވާފައި ވަނީ ތަފާތު ބޮޑު ނަތީޖާއެއް ކަމަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުން ދައްކަވާފައި ވަނީ ތަފާތު ބޮޑުު ކާމިޔާބީއެއް ކަމަށާއި، ރައްޔިތުން ދެއްކެވި ތަފާތު މި ސަރުކާރުން ފެނިގެންދާނެ ކަމަށެވެ.
Alhamdhulillah. Dhivehi rayyithun thiya dhekkevee thafaathu bodu kaamiyaabee eh. Iraadhakureviyya, thiya dhekkevi thafaathu mi sarukaarun fenigen dhaane. Shukuriyya dhivehi rayyithun.
— Faisal Naseem (@FaisalNasym) April 6, 2019
ނައިބު ރައީސް އެހެން ވިދާޅުވެފައިވާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ބޮޑު އަޣުލަބިއްޔަތެއް ވަނީ ލިބިފައެވެ.
އެމްޑީޕީއަށް ކާމިޔާބު ލިބުނު ދާއިރާތަކަށް ބަލާއިރު މައްޗަންގޮޅި މެދު ދާއިރާއަށް ހޮވިފައި ވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭގެ އިތުރުން ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް އައްޑޫ ސިޓީގެ ހުރިހާ ދާއިރާއެއް ވަނީ ކާމިޔާބު ވެފައެވެ.