ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފިއެވެ.
އެމަނިކުފާނު ވާދަ ކުރައްވާފައި ވަނީ ވިލިމާލެ ދާއިރާއަށެވެ. މިހާތަނަށް ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ އަމިއްލަ ގޮތުން ވިލިމާލެއަށް ވާދަކުރެއްވި ކެންޑިޑޭޓް އަހުމަދު އުޝާމްއެވެ. އޭނާއަށް މިހާތަނަށް 826 ވޯޓް ވަނީ ލިބިފައެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދަވާފައި ވަނީ، އެމްޑީޕީގެ ކެންޑިޑޭޓް ޔާމީން އަހުމަދެވެ. ޔާމީން އަށް 729 ވޯޓް ލިބުނު އިރު، ޖުމްހޫރީ ޕަޓީގެ ޑރ. ޖަމީލަށް ލިބިފައި ވަނީ 336 ވޯޓާ އެކު ތިންވަނައެވެ.
ޑރ. މަޖީލަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ ވޯޓުން އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ނައިބު ރައީސް އެވެ. ނަމަވެސް ފަހުން ބޮޑެތި ތުހުމަތުތަކެއް އެޅުވުމަށް ފަހު މަޖިލީހުން ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައެވެ.