ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ނަތީޖާ އިއުލާނު ކޮށްފައިވާއިރު، މަޖިލީހުގެ އެންމެ ހަގު މެމްބަރަކަށް ހޮވިފައިވަނީ ގަމު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް މުހައްމަދު ވިސާމް (ސަމްޕަތު) އެވެ.
ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ގަމު ދާއިރާއިން 5 ކެނޑިޑޭޓަކު ކުރިމަތިލައްވާފައިވާއިރު، މިހާތަނަށް ލިބިފައިވާ ނަތީޖާ ދައްކާ ގޮތުން ވިސާމް އަށް 1543 ވޯޓު ލިބިފައިވާއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ޖޭޕީގެ ކެނޑިޑޭޓް އާދަމް އާސިފްއަށެވެ. އެގޮތުން އާސިފަށް ވަނީ 1063 ވޯޓު ލިބިފައެވެ.
އުމުރުން 24 އަހަރުގެ ވިސާމް އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު، 19 ވަނަ މަޖިލީހުގެ އެންމެ ހަގު މެމްބަރަކަށް ވާނީ ވިސާމްއެވެ.
ވިސާމްއާއި އާސިފްގެ އިތުރުން އަމިއްލަ ކެނޑިޑޭޓް އަބްދުﷲދީދީއާއި، ފަރުހާދު ދާއޫދުގެ އިތުރުން ނަހުލާ އަލީވެސް ގަމު ދާއިރާއަށް ކުރިމަތިލައްވާފައިވެއެވެ.
ގަމު ދާއިރާގެ ވޯޓު ލުމުގެ ހައްޤު ލިބިފައިވަނީ 2523 މީހުންނަށެވެ.
ވިސާމް އަކީ ނޫސްވެރިއެއްގެ ގޮތުގައި ކުރިން ރާއްޖެޓީވީގައި މަސައްކަތްކުރި ފަރާތެކެވެ.