މަޖިލިސް އިންތިހާބުގައި އަލަށް އުފެދުނު މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
ރައީސް ނަޝީދު އިންތިހާބު ކާމިޔާބުކުރެއްވީ ޑީއާރްޕީގެ ކެންޑިޑޭޓް އަހުމަދު ޝާން އާއި، އަމިއްލަގޮތުން ވާދަކުރެއްވި އިބްރާހިމް މުހައްމަދު އާއި އަބްދުﷲ އިރުފާން އަދި އަބްދުﷲ ޒިޔާދްއާ ވާދަކުރައްވައިގެންނެވެ.
ޖުމްލަ 4،189 ރައްޔިތުން ނިސްބަތްވާ މައްޗަންގޮޅި މެދު ދާއިރާގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 3،067 ރައްޔިތުންނަށެވެ. އޭގެ ތެރެއިން 1،570 މީހުންނަކީ ފިރިހެނުންނެވެ. އަދި 1،485 މީހުންނަކީ އަންހެނުންނެވެ.
Gaumah aiy minivan Nooraani, dhaurun mi handhaan thah aakurani @MohamedNasheed congratulations pic.twitter.com/9uz5jzTiDW
— Alaika Ayesh (@AlaikaAyesh) April 6, 2019
ރައީސް ނަޝީދު މިދިޔަ ޑިސެމްބަރ މަހުގެ ހަތަރުވަނަ ދުވަހު މަޖިލީހަށް އަލުން ވާދަކުރައްވާނެކަން އިއުލާންކުރައްވަމުން ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެމަނިކުފާނުގެ ވެރިކަން ވެއްޓުމުން "އެނބުރި އަންނާނެ" ކަމުގެ ވައުދުވެ ވަޑައިގަތް ކަމަށާއި، މިއީ އެނބުރި އައުންކަމަށެވެ.
ރައީސް ނަޝީދު ވަނީ 1999 ވަނަ އަހަރު މާލޭ ދާއިރާގެ މެމްބަރ ކަމަށް އިންތިހާބުވެ، ދޮޅު އަހަރެއްހާ ދުވަހު ގޮނޑި ފުރުއްވާފައެވެ.