18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށީ ދާއިރާ މިހާރު ތަމްސީލުކުރައްވަމުން ގެންދަވާ މެންބަރު މުހައްމަދު އިސްމައީލް ކަޓުވާލުމަށް ފަހު ބޮޑު ތަފާތަކުން އަހުމަދު ސަލީމު ހޯރަފުށީ ދާއިރާގެ ގޮނޑި ކަށަވަރުކުރައްވައިފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހޯރަފުށީ ދާއިރާއިން ސައްލެ ގޮނޑި ކަށަވަރުކުރައްވާފައި ވަނީ މިހާތަނަށް ގުނުނު ވޯޓްގެ ތެރެއިން1635 ވޯޓް ހޯއްދަވައިގެެންނެވެ. މިހާތަނަށް ޖުމްލަ ނަތީޖާ ދައްކާ ގޮތުން މުހައްމަދު އިސްމާއިލަށް ލިބިވަޑައިގެންފައި ވަނީ، 1126 ވޯޓެވެ.
އުލިގަމު، ތުރާކުނު އަދި ހޯރަފުއްޓާއި މާލޭގައި ބެހެއްޓުނު ވޯޓް ފޮށިތަކުގެ ތެރެއިން އެއް ފޮށި ފިޔަވާ ހުރިހާ ފޮއްޓަކުން ސައްލެ ވަނީ ކުރި ހޯއްދަވާފައެވެ.