ރައްޔިތުން މަޖިލިސް އިންތިޚާބުގެ ކިޔު ބަންދު ކުރާ ގަޑި ޖެހުނު އިރު 207360 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ހޮނިހިރު ދުވަހު އެ ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން، މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 264442 މީހުންނަށް ވަނީ ލިބިފައެވެ. އަދި މިހާރު ބައެއް ވޯޓު ފޮށިތައް މިހާރު ވަނީ ގުނަން ފަށާފައެވެ.
އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 08:00 ގައެވެ. އަދި ވޯޓްލުން ކުރިއަށް ދާނީ ހަވީރު 4:00 އަށް ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވަނީ ހޮނިހިރު ދުވަހުގެ 18:00އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ.