ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓުލާ ކިޔުތައް ބަންދުކޮށްފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވޯޓުލާން ވަޑައިނުގަންނަވާ ކަން "ރާއްޖެއެމްވީ" އަށް ކަށަވަރުވެއްޖެއެވެ.
ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރައީސް ޔާމީނު ވަޑައިގެންފައިނުވާއިރު، އެ މަނިކުފާނުގެ ޕާޓީ ޕީޕީއެމް އިން ވެސް އެ މަނިކުފާނު ވޯޓު ލައްވާ މައްޗަންގޮޅި އުުތުރު ދާއިރާއަށް ވާދަކުރައްވައެވެ. އެގޮތުން ހަ ކެންޑިޑޭޓަކު އެ ދާއިރާއަށް ކުރިމަތިލައްވާފައިވާއިރު، ޕީޕީއެމްގެ ޓިކެޓްގައި ކުރިމަތިލައްވާފައިވަނީ ޖަމީލާ އަލީ ޚާލިދެވެ. އަދި އެމްޑީޕީން މުހައްމަދު ރަޝީދު ކުރިމަތިލައްވާފައިވާއިރު، ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު ވެސް އެ ދާއިރާއަށް ކުރިމަތިލައްވާފައި ވެއެވެ. އެ މަނިކުފާނު ވޯޓު ލައްވާ ފޮށި ހުރީ އަރަބިއްޔާ ސްކޫލްގައެވެ
ވޯޓުލާ ގަޑި ހަމަވެފައިވާއިރު، ވޯޓުލީ މީހުންގެ އަދަދު 75 އިންސައްތައަށް ވުރެ ގިނަ ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.