ކުރިއަށް އޮތް19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓް ލުން އިނގިރޭސި ވިލާތުގައި ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިނގިރޭސި ވިލާތުގައި ވޯޓްލުން ފަށާފައި ވަނީ ރާއްޖޭ ގަޑިން 1:30 ގައި ކަމަށެވެ. އެއީ އެގައުމުގެ ގަޑިން 9:30 އެވެ. އަދި ވޯޓް ލުން ކުރިއަށް ދާނީ އެގައުމުގެ ގަޑިން 5:30އާ ހަމައަށެވެ. އެއީ ރާއްޖެ ގަޑިން ރޭގަނޑު 9:30 ހާއި ހަމައަށެވެ.
އިނގިރޭސި ވިލާތުގައި ވޯޓް ލުން ފެށުމާ އެކު މި އިންތިޚާބުގެ ހުރިހާ ވޯޓް ފޮއްޓެއްގެ ވޯޓްލުން ފެށިފައިވާ ކަމަށް އީސީން މައުލޫމާތު ދެއެވެ.
Rayyithunge majileehuge inthikhaabu 2019 ge vote lun raajje gadin 13:30 gai UK gai feshumaa eku, mi inthikhaabuge huriha vote fohtehge vote lun vanee feshifai
— Elections Commission (@ElectionsMv) April 6, 2019
އިނގިރޭސި ވިލާތުގެ އިތުރުން ރާއްޖެ އިން ބޭރުގައި ވޯޓް ފޮށި ބަހައްޓާފައި ވަނީ އަވަށްޓެރި އިންޑިއާ، ސްރީލަންކާ އަދި މެލޭޝިޔާގައެވެ.
އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށެވެ.