ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓް ފޮށިތައް ބަންދުކުރަން ދެ ގަޑިއިރަށް ވެފައިވާ އިރު ވޯޓު ލީ މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.
އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 08:00 ގައެވެ. އަދި ވޯޓްލުން ކުރިއަށްދާނީ ހަވީރު 4:00 އަށެވެ.
އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ. މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00އަށް އަދި އިނގިރޭސީވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ އެގައުމުގެ ގަޑިން ހެނދުނު 9:30 އިން ހަވީރު 5:30 އަށެވެ.
މިހާތަނަށް ޖުމްލަ 100046 މީހުން ވަނީ ވޯޓްލާފައެވެ. އޭގެ ތެރޭގައި 53544 ފިރިހެނުން ވޯޓްލާފައިވާއިރު 46502 އަންހެނުން ވަނީ ވޯޓް ލާފައެވެ.
މިހާތަނަށް ވޯޓް ނުލާ 62.17 އިންސައްތަ މީހުން އެބަތިއްބެވެ.
މި ފަހަރުގެ އިންތިޚާބުގައި 264442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ. ރިޔާސީ އިންތިހާބާ ހިލާފަށް މެންދުރާ ހަމައަށް ދިޔައިރު ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކަން ފާހަގަކޮށްލެވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.
Sorry, it’s 1300hrs update https://t.co/fNfxfzCMv8
— Ahmed Shareef (@ShareefRangondi) April 6, 2019