އައްޑޫ ސިޓީ ފޭދޫގައި ސައިކަލެއް ރޯކޮށްލައި އަންދާލައިފިއެވެ.
ފުލުހުން ބުނީ ސައިކަލެއްގައި ރޯކޮށްލިކަމުގެ ރިޕޯޓުް ލިބުނީ ރޭ ފަތިހު 04:50 ހާއިރު ކަމަށެވެ. މި ސައިކަލުގައި ރޯކޮށްލާފައި ވަނީ ގޭގެ ތެރޭގައި ހުއްޓައި މަގުމައްޗަށް ނެރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.
މިހާދިސާގައި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފާ ނުވާ ކަމަށެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ މާފަންނު އިހުސާން ފިހާރަ ކައިރީ ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލާފައެވެ. މި ހާދިސާގައި ވެސް ހަ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައެވެ . އަދި ހއ. ހޯރަފުށީގައި ވެސް ސައިކަލެއްގައި އަލިފާން ރޯކޮށްލާފައެވެ.