ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް އިންތިޚާބުގައި ވޯޓުލައްވައިފިއެވެ.
ރައީސް ނަޝީދު ވޯޓުލައްވާފައިވަނީ ގަލޮޅު އުތުރު ދާއިރާއަށެވެ.
ގަލޮޅު އުތުރު ދާއިރާއަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވަނީ އީވާ އަބްދުﷲއެވެ. ޑީއާރްޕީއިން ޑރ.މުހައްމަދު ޝާފިއީ އަބްދުލްމޫނިމްއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވަނީ އިބްރާހިމް ހަމްޒާ ހަލީލު، އިބްރާހިމް އަޝްރަފް، އަދި މުހައްމަދު ނާއިޝްއެވެ.
ރައީސް ނަޝީދު ވޯޓު ލައްވާފައިވާއިރު، އެމަނިކުފާނަކީ މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ރާއްޖޭގެ ފަރސްޓްލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ ވޯޓު ލައްވަފައެވެ. އެކަމަނާ ވޯޓުލެއްވީ މާފަންނު ހުޅަނގު ދާއިރާ ވޯޓުފޮއްޓަށެވެ.
މާފަންނު ހުޅަނގު ދާއިރާއަށް 10 ކެންޑިޑޭޓުން ވާދަކުރަވައެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ފަލާހު، ޕީއެންސީގެ ފަރާތުން ގީލާ އަލީ، އެމްޓީޑީގެ ފަރާތުން މުހައްމަދު ޝިނާން، ޑީއާރްޕީގެ ފަރާތުން އަބްދުﷲ އަބްދުލްރަހީމްއެވެ. އަދި އަމިއްލަ ގޮތުން އަހުމަދު ޝަރީފު އަހުމަދު، އަހުމަދު ނިޒާމު، މުހައްމަދު ޝާހީން، އަހުމަދު ސުވައިބުގެ އިތުރުން އިސްމާއިލް މާޖިދެވެ.