Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 16:23
ޕްރޮފެޝަނަލް އެވޯޑް ލޯންޗު ކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން
ޕްރޮފެޝަނަލް އެވޯޑް ލޯންޗު ކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން
ގޫގުލް
ޕްރޮފެޝަނަލް އެވޯޑް
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
އެވޯޑަށް ނޮމިނޭޝަންސް ހުށަހެޅުމުގެ މުއްދަތަކީ 25 ފެބްރުއަރީ އިން 30 މޭއި ގެ ނިޔަލަށް
50 އަންހެނުންނަށް މި އެވޯދް ދިނުމަށް ހަމަޖައްސާފައި ވޭ

އެކި ދާއިރާތަކުގައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ އަންހެނުންނަށް އަމާޒުކޮށްގެން ސްރީ ލަންކާގައި 2011 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ދެމުންގެންދާ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެންސް އެވޯޑު" އަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް ވެސް ހުޅުވާލައިފިއެވެ.

ސްރީލަންކާގެ އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތްކުރާ ޖަމިއްޔާ "ވިމެން އިން މެނޭޖްމެންޓް" އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގުޅިގެން ދޭ މި އެވޯޑަށް ނޮމިނޭޝަންސް ހުށައެޅުމުގެ ފުރުސަތު މިއަހަރުގެ 30 މޭ ގެ ނިއަލަށް މިވަނީ ހުޅުވާލާފައެވެ. ޖުލައި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެވޯޑު ހަފުލާގައި ތަފާތު ދާއިރާތަކުގެ ތެރެއިން ފާހަގަކުރެވޭ ޕްރޮފެޝަނަލް 50 އަންހެނުންނަށް މި އެވޯދް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އެވޯޑް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ޒަރީރު ވިދާޅުވީ، މި އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް ލިބުމަކީ، އަވަށްޓެރި ޤައުމުތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި ވާދަވެރިކަން އުފެއްދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްކުރަމުންދާ މި ޖަމިއްޔާގެ ފަރާތުން މިހާރު ދަނީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް އުފެއްދުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް