ކ. މާލެ
|
5 އޭޕްރިލް 2019 | ހުކުރު 05:40
ސައުދީ ކޯލިޝަނުން ޔަމަނުގެ ހަނގުރާމަ ފެށީ 2015 ވަނަ އަހަރުގެ މާޗްމަހުގެ 26 ވަނަ ދުވަހު
ސައުދީ ކޯލިޝަނުން ޔަމަނުގެ ހަނގުރާމަ ފެށީ 2015 ވަނަ އަހަރުގެ މާޗްމަހުގެ 26 ވަނަ ދުވަހު
ރޮއިޓަރސް
ޔަމަން ހަނގުރާމަ
ޔަމަން ހަނގުރާމައިގައި އެމެރިކާގެ ދައުރު ނިންމާލުމަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުން ނިންމައިފި
ރައީސް ޓްރަމްޕް މި ބިލް ތަސްދީގު ނުކުރައްވާނެކަމުގެ ސިގްނަލް ދީފައިވޭ

ޔަމަނުގެ ހަނގުރާމައިގައި ސައުދީ-ޔޫއޭއީ ކޯލިޝަނަށް އެމެރިކާއިން ދެމުންދިޔަ އެހީތެރިކަން ނިމުމަކަށް ގެނައުމަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށް ސައުދީ ސަރުކާރަށް ރައީސް ޓްރަމްޕް ދެއްވަމުންދާ އެހީއާމެދު ނުރުހޭކަން އަނެއްކާވެސް ދައްކާލައިފިއެވެ.

މި ފިޔަވަޅު އެޅުމަށް 247 މެމްބަރުން ތާއީދުކޮށްފައިވާއިރު މި ފިޔަވަޅާއި ދެކޮޅަށް 175 ވޯޓް ލިބިފައިވެއެވެ.

ނަމަވެސް ވައިޓް ހައުސްއިން ވަނީ ރައީސް ޓްރަމްޕް މި ބިލް ތަސްދީގު ނުކުރައްވާނެކަމުގެ ސިގްނަލް ދީފައެވެ.

މިކަމާ ގުޅޭ ގަރާރު ސެނޭޓުން މީގެ ކުރިން ފާސްކޮށްފައިވާއިރު މިއީ އެމެރިކާގައި ކޮންގްރެސްގެ ރުހުމަކާ ނުލައި އެމެރިކާގެ ސިފައިން ރައީސްގެ އަމުރަށް ހަނގުރާމައަށް ފޮނުވުން ކޮންޓްރޯލް ކުރުމަށް ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު 1973ގައި ހެދި ހަނގުރާމައިގެ ބާރުތަކުގެ ގާނޫނުގެ ދަށުން ރައީސްގެ ބާރުތައް ކުޑަކުރި ފުރަތަމަ ފަހަރެވެ.

ސައުދީއާއި ޔޫއޭއީއިން 2015 ވަނަ އަހަރު ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން، ވައިގެ ތެރޭގައޮވެ މަތިންދާ ބޯޓުތަކަށް ތެޔޮ އަޅައިދިނުމާއި، ހަމަލާގެ ކުރިން ސަރަހައްދު ބަލައިދިނުމާއި، އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދިނުމަކީ އެމެރިކާއިން ދީފައިވާ އެހީތެރިކަމެވެ. އެ ކޯލިޝަނުން ނަވާރަ ހާހަށްއަށްވުރެ ގިނަ ފަހަރަށް ޔަމަނުގައި ވައިގެ ހަމަލާތައް ދީފައިވެއެވެ.

އަރަބް ކޯލިޝަނުގެ ހަމަލާތައް އާންމުންނަށާއި ހޮސްޕިޓަލްތަކަށާއި، ބޯފެން އުފައްދާ ތަންތަނަށްވެސް އަމާޒުވެފައިވެއެވެ. އެހީދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި މި ހަމަލާތަކުގައި ފަސްދޮޅަށް ހާހަށްވުރެ ގިނަ އާއްމުން މަރުވެފައިވެއެވެ. އަދި އަށްޑިހަ ފަސްހާހަށްވުރެ ގިނަ ކުޑަކުދިން ވަނީ ބަނޑަށްޖެހިގެން މަރުވެފައެވެ.

- ކޮމެންޓް