ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 15:24
ކުޑަ އިއްބެގެ "ލޯބިވާކަން" ލަވައިގެ ޕޯސްޓާ
ކުޑަ އިއްބެގެ "ލޯބިވާކަން" ލަވައިގެ ޕޯސްޓާ
ޓްވިޓަރ
ކުޑައިއްބެ
"ލޯބިވާކަން" ކޮޕީ އެއް ކަމަށް ބުނާ މީހުންނަށް ކުޑަ އިއްބެ ރައްދު ދީފި
ކޮޕީ އެއް ކަމަށް ބުނަނީ މިއުޒިކް ނުދަންނަ މީހުން

މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑައިއްބެ މި ހަފުތާގައި ނެރުނު އާ ވީޑިއޯ ލަވައިގެ ރާގަކީ ހިންދީ ފިލްމް އެއާލިފްޓްގެ ލަވައެއްގެ ކޮޕީ އެއް ކަމަށް ބުނާ ފަރާތްތަކަށް އޭނާ ނިކަން ވަރުގަދަ ޗެލެންޖެއްކޮށްފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ކުޑަ އިއްބެ ބުނީ "ލޯބިވާކަން" އެ ލަވައިގެ އެއް ވެސް މިންވަރަކީ ކޮޕީ އެއް ނޫން ކަމަށާއި އެއީ އޭނާގެ އަމިއްލަ ރާގެއް ކަމަށެވެ.

އިއްބެގެ މި ލަވައަކަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ބޮލީވުޑްގެ ފިލްމު "އެއާލިފްޓް" ގެ މަޝްހޫރު ލަވައެއް ކަމުގައިވާ "ސޯޗުނާ ސަކޭ" ގެ ކޮޕީއެއް ކަމަށް ބުނެ އެވެ. ނަމަވެސް އިއްބެ ބުނަނީ އެ ލަވަ އަށް އިޝާރާތްކޮށް "ލޯބިކަމަށް" ފާޑުކިޔަނީ މިއުޒިކް އެނގޭ ބައެއް ނޫން ކަމަށެވެ. އިއްބެ ބުނީ "ލޯބިވާކަން" އަކީ ކޮޕީއެއް ނޫން ކަމަށާއި އެއީ އިންސްޕިރޭޝަނަކުން އައި އިއްތިފާގެއް ކަމަށެވެ.

އޭނާ ބުނީ ވަޒަނަކަށް ޅެމެއް ހެދުމަކީ ކޮޕީއެކޭ ނުބުނެވޭނެ ކަމަށާއި އެގޮތަށް ފާޑުކިޔޭ ނަމަ ހިންދީ ލަވަ އަށް ވެސް އެގޮތަށް ފާޑުކިއިދާނެ ކަމަށެވެ.

ކުޑައިއްބެގެ މި ލަވައެއްގެ މައްސަލަ ބޮޑުވެ ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައި ވަނީ އޭނާގެ ހިއްސާ އޮންނަ ޓޮނިކް ލައިވް ސްޓޫޑިއޯ އިން މިފަހުން މޯލްޑިވިއަން އައިޑޮލް ލައިޝާ ޖުނައިދަށް އުފައްދައިދިން ލަވަ އަށް ކޮޕީ ރާގެއްގެ ތުހުމަތުކުރެވި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

- ކޮމެންޓް