ޖުމްހޫރީ ޕާޓީގެ ފަރާތުން ގަމު ދާއިރާ އަށް ވާދަކުރައްވާ އާދަމް އާސިފަށް ތާއިދުކުރަން ނިންމާފައި ނުވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
އެމްއާރްއެމް އިން މިހެން ބުނީ ޖޭޕީގެ ޓިކެޓްގައި ލ. އަތޮޅު ގަމު ދާއިރާއަށް ވާދަކުރައްވާ އާދަމް އާސިފަށް އެމްއާރްއެމް އިން ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ޖޭޕީ ލީޑަރ ގާސިމް އިބްރާހިމަށް އެފަދަ މައުލޫމާތެއް އެމްއާރްއެމުން ދީފައި ނުވާނެ ކަމަށާއި އެ މައުލޫމާތު ދިން ފަރާތަކުން އެމަނިކުފާނަށް ދީފައި ވަނީ ދޮގު މައުލޫމާތެއް ކަމަށެވެ.
Gamu Dhaairaaga, Ehen dhaairaathakuge Candidate ge vaahaka eh noon ingeytho? RM thaaeedhu kurahvaa 12 menbarunnahves. Eyge thereygai JP Candidate in himeneyne.:MRM pic.twitter.com/P6nBMqdE96
— DeadMeal (@MealDead) April 4, 2019
އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިޚާބަށް ރައީސް މައުމޫންގެ ތާއީދާ އެކު ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އެމަނިކުފާނުގެ ތާއީދު އޮތީ ހަމައެކަނި އެ ކެންޑިޑޭޓުންނަށް ކަމަށާއި، ސަރުކާރު ދެމެހެއްޓުމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫނު ތާއީދުކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ޖޭޕީގެ ބައެއް ކެންޑިޑޭޓުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އޭގެ ތެރޭގައި ގަމު ދާއިރާ އާށް ޖޭޕީން ކުރިމަތިލައްވާފައިވާ އާސިފް ނުހިމެނޭ ކަމަށް އަލީމް ވިދާޅުވިއެވެ.
ލ. ގަމު ދާއިރާއަށް ފަސް ކެންޑިޑޭޓުން ވާދަކުރެއެވެ. އާދަމް އާސިފް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާއިރު، މުހައްމަދު ވިސާމް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގައެވެ. އަދި އަބްދުﷲ ދީދީ، ފަރުހާދު ދާވޫދު، ނުހުލާ އަލީ ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ.