އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ކެންޑިޑޭޓުންނަށް ކްރެޑިޓަށް ޓިކެޓް ދެމުންދާ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވިއަން އިން ދޮގުކޮށްފިއެވެ.
މޯލްޑިވިއަން އިން ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭނު ދަތުރަށް ކްރެޑިޓަށް ފައިސާ ދޫކުރި ކަމަށް ބައެއް ފަރާތްތަކުން ދަނީ އަޑު ފަތުރަމުންނެވެ.
ިސިޔާސީ ޕާޓީއަކަށްވެސް އެއްވެސް ކެންޑިޑޭޓަކަށްވެސް މި ކުންފުނިން ކުރެޑިޓަށް ޓިކެޓެއް ނުދެން.
— Maldivian (@MaldivianAero) April 4, 2019
އެކަން ދޮގުކޮށް، ބުރާސްފަތި ދުވަހު އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ، އައިލެންޑް އޭވިއޭޝަނުން މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެއްވެސް ޕާޓީ އަކަށް ނުވަތަ ކެންޑިޑޭޓަކަށް ކްރެޑިޓް ދޫކޮށްފައި ނުވާނެ ކަމަށެވެ.
Island Aviation have not given any sponsorship to any candidate nor to any political party since the beginning of this government. We are still recovering from the debts incurred by the previous government
— Rizvi (@rizeyx) April 4, 2019
މޯލްޑިވިއަން އިން އެއްވެސް ޕާޓީގެ ކެންޑިޑޭޓަކަށް ކްރެޑިޓް ދޫކޮށްފައި ނުވާނެ ކަމަށް ބުނެފައިވާއިރު، ކުރީ ސަރުކާރުން "ޕީޕީއެމްގެ ސައިޒު ދައްކާލާ ބޮޑު ޖަލްސާ" ބޭއްވުމަށް، އައިލެންޑް އޭވިއޭޝަންގެ ފްލައިޓްތައް ވަނީ ޗާޓަރު ކޮށްފައެވެ. އަދި ކޮށްފައިވާ ދަތުރުތަކަށް ޕީޕީއެމުން ޖުމްލަ 3.8 މިލިއަން ރުފިޔާ، އައިލެންޑް އޭވިއޭޝަނަށް ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެހެން ނަމަވެސް އެ ހުރިހާ ފައިސާ އެއް އަދި މިހާތަނަށް ޕީޕީއެމް އިން ދައްކާފައެއް ނުވެއެވެ.