Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 14:19
ރައީސް ޔާމީން
ރައީސް ޔާމީން
ރާއްޖެއެމްވީ
ރައީސް ޔާމީން
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
ޕީޕީއެމްގެ އޮޑިއަށް އަރާވަޑައިގަތުމަށް ރައީސް ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރެއްވި
ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒުކަމެއް ނޫން

ނޫހު ޢަލައިހިއްސަލާމް ބެންނެވި ނާކޮޅަކީ ﷲގެ ކޯފާއިން ނޫހުގެފާނަށް ތަބާވި މުއުމިނުން ސަލާމަތް ކުރެއްވުމުގެ ގޮތުން، ކީރިތިވަންތަ އިލާހުގެ އެންގެވުމަށް އެކަލޭގެފާނު ބެންނެވި އޮޑިކޮޅަކަށް ވާއިރު، އެކަލޭގެފާނުގެ އޮޑިކޮޅު ބަންނަވައިގެން މިދުއްވަނީ ޕީޕީއެމްގެ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒުކަމެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.    

ޑރ. އިޔާޒް މިހެން ވިދާޅުވީ، ޕީޕީއެމާއި އަލަށް ގުޅުނު މީހުންގެ ފޯމުތައް ރައީސް ޔާމީނާ ހަވާލު ކުރުމުގެ ގޮތުން ސްޓެލްކޯގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި "ނޫހުގެ ފާނުގެ އޮޑިކޮޅު ބަނދެގެން މި ދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިން" ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިންވަނީ ނޫހުގެ ފާނުގެ ނާކޮޅަށް އެރި އެންމެން ސަލާމަތް ކުރެއްވި ކަމަށާއި އެކަލޭގެފާނުގެ ނާކޮޅު ބަނދެގެން މި އުޅެނީ ޕީޕީއެމްގެ ކުދިންކޮޅު ކަމަށް ވިދާޅުވެ ޕީޕީއެމްގެ އޮޑިއަށް އަރާވަޑައިގަތުމަށް ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ޔާމީން ވަނީ މީގެ ކުރިން ވެސް ދީނީ މިފަދަ ބައެއް ކަންކަމާ ފުށުއަރާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އެ ގޮތުން ބެންކޮކުން ހޯދަނީ ހިލޭ އަންހެނުން ނޫން ކަމަށް ވިދާޅުވި ވިދާޅުވުން ހިމެނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް