ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 10:30
އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިނުވުމަށް 313 މެމްބަރުން ވޯޓްދެެއްވިއިރު ދެކޮޅަށް 312 މެމްބަރުން ވޯޓްދެއްވި
އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިނުވުމަށް 313 މެމްބަރުން ވޯޓްދެެއްވިއިރު ދެކޮޅަށް 312 މެމްބަރުން ވޯޓްދެއްވި
ބީބީސީ
ބްރެކްސިޓް
ބްރެކްސިޓް: ފަސްކޮށްދިނުމަށް އެދުމަށް އެއް ވޯޓުގެ ތަފާތުން ފާސްކޮށްފި
ވޯޓް ފާސްކުރެވިފައިވަނީ ލޭބަރ ޕާޓީގެ އިވެޓް ކޫޕަރ ގެ ވޯޓާއެކު

އިނގިރޭސިވިލާތް އީޔޫއިން ވަކިވުން ފަސްކޮށްދިނުމަށް އީޔޫގައި ދަންނަވައިދިނުމަށް ބޮޑުވަޒީރު ތެރީސާ މޭ އަރިހުން އެދެން އިނގިރޭސި ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ގާނޫނު ހަދާ މަޖިލީހުން މި ނިންމުން ނިންމީ އީޔޫއާއެކު އެއްބަސްވުމެއް ނެތި އެ ޖަމާއަތުން ވަކިވުން ހުއްޓުވުމަށެވެ.

މި ބިލް ގާނޫނަކަށް ވުމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނިންމެވުން ބޭނުންވާނެއެވެ. އަދި އީޔޫއިން އިތުރުވަގުތު ދިނުމަކީ އެ ޖަމާއަތުގެ އިޚްތިޔާރުގައި އޮތްކަމެކެވެ.

މި ހުށަހެޅުން ފާސްކޮށްފައި މިވަނީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމުގެ މައްސަލަ މަރުތަޅުއެޅިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބޮޑުވަޒީރު ތެރީސާ މޭ އާއި ލޭބަރ ޕާޓީގެ ލީޑަރު ޖެެރެމީ ކޯބީން ކުރެއްވި މަޝްވަރާތަކަށްފަހުއެެވެ.

ދެ ލީޑަރުން ބުދަ ދުވަހު ގެންދެވި މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކަކަށް ވީ ނަމަވެސް ދެ ޕާޓީގެ މަޖިލީސް މެމްބަރުންގެ ފަރާތުން ވެސް ފާޑުކިޔުން އަމާޒުވިއެވެ.

މި ފަހަރުގެ ވޯޓް ފާސްކުރެވިފައިވަނީ ލޭބަރ ޕާޓީގެ އިވެޓް ކޫޕަރ ގެ ވޯޓާއެކު އެއް ވޯޓުގެ ތަފާތުންނެެވެ.

އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިނުވުމަށް 313 މެމްބަރުން ވޯޓް ދެެއްވިއިރު ދެކޮޅަށް 312 މެމްބަރުން ވޯޓް ދެއްވިއެވެ.

އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމާ މެދު 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.

 

- ކޮމެންޓް