އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބު ލަސްކުރުމަށް ބަޔަކު މީހުން މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ މިނިސްޓަރު ނަހުލާ ކުރެއްވި ޓްވީޓެއްގައި އިންތިޚާބު ބާއްވަން ހަމަ ޖެހިފައިވާ ތަރީހުގައި އިންތިޚާބު ބޭއްވުމަށް ވަނީ ގޮވާލައްވާފައެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ އިންތިޚާބު ލަސްކުރުމަށް މަދު ބަޔަކު މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އިންތިޚާބުގައި ކޯލިޝަން ސަރުކާރު މެޖޯރިޓީ ލިބޭނެ ކަމާ މެދު ޝައްކެއް ނުކުރާ ކަމަށެވެ.
Majlis inthihaabu faskuran madhu bayaku namaves kuraa masakkathaky balaiganeveyne kameh noon.
— Aishath Nahula (@aishath_nahula) April 3, 2019
Inthihaabu baahvvan hama jehifaivaa thaareehugai inthihaabu beyvvumah govaalan.
Adhi coalition sarukaarah majority libeyne kamaa medhu shakkeh nukuran.
In sha allah.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލިސް އިންތިޚާބު ފަސްކުރަން އުޅޭ ވާހަކަތައް ގަދަވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަނިމާދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންތިހާބު ފަސްކުރުމަށް މަސައްކަތްކުރާކަމުގެ އަޑުތައް އިވިވަޑައިގެންފައިވާ ކަމަށާއި، އެކަމަށް ސަމާލުވެ ހުންނެވި ކަމަށެވެ.
މީގެ އިތުރުން އިލެކްޝަން ކޮމިޝަނުން ބުނީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ ކަންކަން ކުރެވި، ބޮޑެތި ޚަރަދުތަކެއް ވެސް ކުރެވިފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކަށް ތައްޔާރު ނުވެވިގެން އަދި ކެމްޕެއިން ނުކުރެވިގެން އިންތިހާބު ފަސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އިންތިޚާބު ފަސްކޮށްފި ކަމުގައިވާ ނަމަ 20 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މަޖިލިސް އިންތިޚާބު ފަސްކުރަން އިދިކޮޅު ފަރާތްތަކުން އުޅޭ ކަމަށް ބުނަމުންދާއިރު ނިމިދިޔަ ކައުންސިލް އިންތިޚާބު ވެސް ބާއްވަން ކަނޑައެޅި ތާރީޚަށް ނުބާއްވާ ފަސްކުރިއެވެ.