ކެލާ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމަށް، އެ ދާއިރާއަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ތޫބާ ރަޝީދު ނިންމެވުމުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ތޫބާގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީ އާއި އަދާލަތު ގުޅިގެން، މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ.
Adhaalath Party in Kelaa Dhaaira ah kurimathi levvi candidate,MDP ge candidate ah tha-edh kurevvumah ninmevumun marhaba dhannavan.RJ @ibusolih ge vaudhuthah fuhdhumah #MDP ai #AP gulhigen #Majlis19 ge aghlabiyyath hoadhumah mikura masaiykaiy Allah ge minvarufulhaieku kamiyabvaane
— Mohamed Nasheed (@MohamedNasheed) April 3, 2019
އަދާލަތާއި އެމްޑީޕީ ގުޅިގެން ވާދަ ކުރަނީ ތިން ދާއިރާއަކަށެވެ. އެގޮތުން އެމްޑީޕީން ނިންމާފައި ވަނީ މަހިބަދޫ ދާއިރާއަށް ވާދަ ކުރައްވާ އަދާލަތު ކެންޑިޑޭޓް އަލީ އާޒިމަށް ތާއިދު ކުރުމަށް ނިންމާފައެވެ. އަދި ނިލަންދޫ ދާއިރާއަށް ވާދަ ކުރައްވާ އަދާލަތުގެ ކެންޑިޑޭޓް މުސްއަބު މުހައްމަދަށް ތާއީދު ކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. އަދި ކެލާ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝަރީފަށް ތާއީދު ކުރެއްވުމަށް އަދާލަތުން ވަނީ ނިންމާފައެވެ.