Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 09:47
ޕީޕީއެމަށް ސޮއި ކުރުމަށް ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން
ޕީޕީއެމަށް ސޮއި ކުރުމަށް ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތުގެ ތެރެއިން
ރާއްޖެ އެމްވީ
ޑރ މަޖީދު
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
ނޫހުގެފާނުގެ ނައުކޮޅާއި ޕީޕީއެމް އެއްފަދަ ކުރުމުން ރައީސް ޔާމީނަށް އަންނަނީ ފާޑުކިޔުން އޮހެމުން

ނޫހުގެފާނުގެ ނައުކޮޅަށް އެރި މީހުން ސަލާމަތްވި ފަދައިން ޕީޕީއެމާއި ގުޅުނަސް މުސީބާތްތަކުން ސަލާމަތެއް ނުކޮށްދޭނެ ކަމަށް ޑރ އަބްދުﷲ މަޖީދު އަބްދުލް ބާރީ ވިދާޅުވިއެވެ.

ޑރ މަޖީދު މި ގޮތަށް ވިދާޅުވީ "ނޫހުގެ ފާނު އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު" ކަމަށް ރައީސް ޔާމީން ޕީޕީއެމާއި އަލަށް ގުޅުނު މީހުންގެ ފޯމްތަށް އެމަނިކުފާނާއި ހަވާލުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނިކޮށެވެ،

ބުދަ ދުވަހުގެ ރޭ ޑރ މަޖީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނޫހުގެ ފާނުގެ ނައުކޮޅަށް އެރި މީހުން ސަލާމަތްވި ފަދައިން ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ ކަމަށެވެ.

"ބާ ލަކުޑި އޮޑިއެއް އިންޑިޔާ ކަނޑުގައި ހަމަ ޣަރަޤުވެދާނެ. އެކަމަކު އަލަށް ބަނދެގެން ހަމަ ވައިސޫރި ކިޔާފައި މިދާ އޮޑިއަށް އެންމެން އަރައިފިކަމުގައިވާނަމަ ހަމަ ގައިމުވެސް، ނޫހުގެފާނުގެ ނާކޮޅުގައިވެސް ހަމަ ހުރިހާ މީހުން ސަލާމަތް ކުރެއްވި ދެއްތޯ. އަޅުގަނޑަށް ހީވަނީ ހަމަ އެއޮޑި ބަނދެގެން ދުއްވާ ބަޔަކީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު ކަންނޭނގެ. އެހެންވީމަ އަޅުގަނޑުމެން އޮޑިއަށް އަރާވަޑައިގަތުމަށް މިއަދުވެސް ހަމަ ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރަން" ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 ފެބްރުއަރީ 2017 | ބުރާސްފަތި 11:09
ފިކުރުބެ
މީނާއަކީ އަޅެފަހެ ހަމަމީހެއްތަ؟ މިފަދަ ނޭއްގާނީ ދީނަށް ފުރައްސާރަވާ ވާހަކަ ދައްކާއިރު ކޮބާބާ އަންދަލުސް ފަދަ ދީނީ ދަރުސްތައް ދެއްވާ ސޭހުން ، މީނާ މިދައްކާ ވާހަކައަށް ހަމަ އެއްމެން އަތްޖަހާފައި ހެވިފައި މިތިބެނީ މިފަދަ ވާހަކަތައް އަޑުއަހާ ގާފިލުކަންމަތީ ތިއްބާ ކޮންމެފަދަ ކޯފާއެއްވެސް އައިސްދާނެ ! ސުބުހާނަﷲ މީ ކޮންފަދަ ޖައްްބާރު ވެރިޔެއް !