Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 09:33
ޝަހީދު ހުސެން އާދަމް ބިލްޑިންގް
ޝަހީދު ހުސެން އާދަމް ބިލްޑިންގް
މުހައްމަދު ޝަރުހާން
ބަރަހަނާ ވީޑިއޯއެއް އާންމުވުން
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
އޮފިޝަރު މިހާރު ވަނީ ވަޒީފާގެ މަސްއޫލިއްޔަތުން އެއްކިބާ ކޮށްފައި

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއް އާންމުވި މައްސަލަ ބަލަމުން އަންނަ ކަމަށް އެއިދާރާއިން ބުނެފިއެވެ،

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުދަ ދުވަހު ފުލުހުންގެ ސްޕޯކްސްޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ލ. ގަމު ޕޮލިސް ސްޓޭޝަންގެ އިންޗާޖަކަށް މަސައްކަތްކުރާ އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއް އާންމުވެފައިވާ ކަމުގެ މައްސަލަ ފުލުހުންނަން ހުށައެޅިފައިވާ ކަމަށެވެ. އެ އޮފިޝަރު މިހާރު ވަނީ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައި ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

 ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް