Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 17:36
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން
ސަން
އެމްޓީޑީސީ
އެމްޓީޑީސީގެ ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ސުންގަޑި ހަމަވަނީ މި މަހުގެ 22އަށް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ފަސްް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްޓީޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުން ޝަރުތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ކުންފުނީގެ 50 ހިއްސާ އޮތް ހިއްސާދާރަކަށްވުމާއި ތައުލީމީ އަދި ތަޖުރިބާގެ ގާބިލުކަން ހުރި މީހަކަށްވުމާއި ފައިނޭންޝަން ސްޓޭޓްމަންޓް ކިޔައި، ދޭހަވުމުގެ ގާބިލުކަން ހުރި މީހެއް ކަމުގައިވުމެވެ.

ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އެ ކުންފުނިން ވަނީ ގެޒެޓް ކޮށްފައެވެ.

އެމްޓީޑީސީން ބުނީ އެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޑިރެކްޓަރު ކަމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކޯޕަރޭޓް ގަވަރނަންސް ކޯޑާއި އެއްގޮތްވާ ގޮތުގެ މަތީން އެމްޓީޑީސީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީން ހޮވުމަށް ފަހު، އެ ފަރާތްތަކުގެ މައުލޫމާތު މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން އިއުލާން ކުރާނެ ކަމަށެވެ.

އަދި އެ ފަރާތްތަކުގެ ނަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި އޭގެ ތެރެއިން ހިއްސާ ދާރުންނަށް ފެނިވަޑައިގަންނަވާ ފަސް ބޭފުޅުން، ޑިރެކްޓަރުންގެ ގޮތުގައި ހޮވުމަށްޓަކާ ހިއްސާދާރުން ވޯޓުލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް