Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 06:27
އެމްޑީޕީން ބުދަ ދުވަހު ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީން ބުދަ ދުވަހު ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
އެމްޔޫއޯ
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
ތިނަދޫގައި ދޮރުން ދޮރަށް ހިނގުން އޮންނާނެ
ކެމްޕޭން ހަރަކާތްތައް ރޭވުމުގެ ވޯކްޝަޕެއް އޮންނާނެ
ޖަލްސާ ރާއްޖެޓީވީން ވަގުތުން ގެނެސްދޭނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) ގދ. ތިނަދޫގައި ބާއްވަން ނިންމައިފިއެވެ.

"ލާމަރުކަޒީ ރާއްޖެ"ގެ ނަމުގައި ބާއްވާ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި ތިނަދޫ  އެމްޑީޕީގެ ހަރުގޭގައެވެ. މި ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިފްގެ އިސްބޭފުޅުންނާއި އިއްތިހާދުގެ ބޭފުޅުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާ ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

އެމްޔޫއޯއިން ތިނަދުއަށް ކުރާ ދަތުރުގައި އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންނަން ތާއިދު ހޯދުމުގެ ގޮތުން ދޮރުން ދޮރަށް ހިނގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް ރޭވުމުގެ ގޮތުން ހާއްސަ ވޯކްޝަޕެއް ވެސް އޮންނާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހިތްހަމަ ނުޖެހޭ ވީހާ ގިނަ އާންމު ރައްޔިތުން މިރޭގެ ޖަލްސާގައި ބައިވެރިވުމަށް އިއްތިހާދުން ވަނީ ގޮވާލާފައެވެ.

ޖެނުއަރީ މަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އިލެކްޝަން ކޮމިޝަނުން އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އިންތިހާބު ބާއްވަން އިއުލާން ކުރުމަށް ފަހު މިހާރު ވަނީ އިންތިހާބު އޭޕްރީލް 15 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކޮށް އެޕާޓީން ވަނީ މިހާރު ރަސްމީކޮށް ކެމްޕޭން ފަށައިފައެވެ. ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް އެމްޑީޕީން ފަށާފައި ނުވި ނަމަވެސް އެޕާޓީން ދަނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރަށްތަކަށް ދަތުރުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް