ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 10:59
82 އަހަރުފުޅުގެ ބޫތެފްލިކާ އާލާސްކަންފުޅުގައި އުޅުއްވާތާ އެތައް އަހަރެއް ވެއްޖެ
82 އަހަރުފުޅުގެ ބޫތެފްލިކާ އާލާސްކަންފުޅުގައި އުޅުއްވާތާ އެތައް އަހަރެއް ވެއްޖެ
އޭއެފްޕީ
އަލްޖީރިއާ
އަލްޖީރިއާގެ ރައީސް ބޫތެފްލިކާ އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވީ އިތުރު ދައުރަކަށް ކުރިމަތި ލައްވާނެކަން އިއުލާނުކުރެއްވުމުން ރައްޔިތުން މުޒާހަރާކުރުމުން

އަލްޖީރިއާގެ ރައީސް އަބްދުލް އަޒީޒް ބޫތެފްލިކާއާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާތަކަށް ފަހު އެންމެ ފަހުން މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އާލާސްކަންފުޅުގައި އުޅުއްވާ 82 އަހަރުފުޅުގެ ބޫތެފްލިކާ އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވިކަން ހާމަކުރެއްވީ އޭޕީއެސް ނޫސް އޭޖެންސީ މެދުވެރިކޮށް އަންގާރަ ދުވަހު އާއްމުކުރި ސިޓީއެއްގައެވެ.

އިސްތިއުފާ ދެއްވާފައި ވަނީ އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ވަގުތުން ކުރުމަށް އަސްކަރިއްޔާގެ ވެރިޔާ އަމުުރުކުރެއްވިތާ ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ކޮންސްޓިޓިއުޝަނަލް ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބޫތެފްލިކާ ވިދާޅުވެފައި ވަނީ އޭނާގެ މަގްސަދަކީ ރައްޔިތުން ހަމަޖެހި އަލްޖީރިއާގެ ރައްޔިތުން އެދޭ މުސްތަގްބަލާ މެދު ގޮތެއް ނިންމުމަށް އެ މީހުންނަށް ފުރުސަތު ދިނުން ކަމަށެވެ. އަދި މިހާރު އޮތް ޚިޔާލު ތަފާތުވުންތައް ސީރީއަސް ހާލަތަކަށް ގޮސް ރައްޔިތުންނާއި މުދަލަށް ގެެއްލުމެއް ނުލިބެނީސް އެކަމުން އަރައިގަނެ އެކަން ހައްލުކުރުން ކަމަށެވެ.

އިސްތިއުފާގެ ޚަބަރާ އެކު އަލްޖީރިއާގެ ވެރިރަށް އަލްޖިއަރސްގައި އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ ދިދަ ވިހުރުވައި ލަވަކިޔައި އުފާފާޅުކޮށްފައެވެ.

ބޫތެފްލިކާ ވެރިކަމަށް ވަޑައިގަތީ 1990ގެ އަހަރުތަކުގެ ތެރޭގައި އަލްޖީރިޔާގައި ކުރިޔަށް ދިޔަ ދާހިލީ ހަނގުރާމައަށް ފަހު، އެ ގައުމުގެ ސިފައިންގެ އެހީތެރިކަމާ އެކުގައެވެ. އެމަނިކުފާނަށް 2013ގައި ސްޓްރޯކެއް ޖެހިވަޑައިގެންނެވި ފަހުން އާއްމުންގެ ތެރެއިން ފެނިވަޑައިގެންފައި ވަނީ މަދު ފަހަރަކުއެވެ.

- ކޮމެންޓް