Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 05:26
ލަންކާއިން ގެއްލުނު ފ. ފީއަލީ މުހައްމަދު ޢަލީ
ލަންކާއިން ގެއްލުނު ފ. ފީއަލީ މުހައްމަދު ޢަލީ
ފޭސްބުކް
ލަންކާ
ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
ބައްޕަ މިސްކިތަށް ގޮސް އަންނަނިކޮށް މަގު އޮޅުނީ

ލަންކާގައި ގެއްލިގެން ހޯދަމުންދިޔަ ފ. ފީއަލީ އުމުރުން ދުވަސްވީ މީހާ ފެނިއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުދަދުވަހު ހެނދުނު ގެއިން ދިޔަ ގޮތަށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔައީ ފ. ފީއަލީ، އާބާދު އައްސޭރި މުހައްމަދު ޢަލީއެވެ.

ލަންކާ ދެހިވަލަ، ކުއަރީ ރޯޑްގައި ހުންނަ ގެއެއްގައި އުޅެމުންދިޔަ މުހައްމަދު އަލީގެ ދަރިއަކު ބުނީ އުމުރުން 67 އަހަރުގެ ބައްޕަ ގެއިން ނުކުތީ ބުދަދުވަހު ހެނދުނު 10 ޖަހާކަށްހާއިރު ކަމަށާއި، ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނީ ބުދަދުވަހުގެރޭ 10:45 ހާއިރު ކަމަށެވެ.

އޭނާގެ ދަރިފުޅު ބުނީ ބައްޕަ ގެއްލުނީ މިސްކިތައް ނަމާދަށް ގޮސް އެނބުރި އައުމުގެ މަގުމަތީގައި މަގު އޮޅިގެން ކަމަށެވެ.

"މަގު އޮޅިގެން ބައްޕަ އިތުރު ގޯޅިއެއް ނާޅާ ހިނގަ ހިނގާ ހުރީ. ދެން ޑްރައިވަރުން ގާތު ބައްޕަ އަހަމުން ދަނިކޮށް ދިވެހި އެނގޭ ޑްރައިވަރަކު ބުނީ ތީހޭ ގެއްލިގެން އުޅޭ މީހާ. ދެން އާއެކޭ ބުނީމަ އެ ޑްރައިވަރު ބައްޕަ ސޯސަން ވިލާއަށް ގެންގޮސްދިނީ. ދެން އެމީހުން ބައްޕަ އަޅުގަނޑުމެނާ ހަމައަށް ގެނެސްދިނީ." މުހައްމަދު އަލީގެ ދަރިފުޅު ބުންޏެވެ.

އާއިލާއިން ބުނީ އެމީހުން ދިރިއުޅެނީ ލަންކާގައި ކަމަށާއި ކޮންމެ ދެމަހުން ކަހަލަ ގޮތަކަށް ބައްޕަ ލަންކާއަށް ދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް