ކ. މާލެ
|
2 އޭޕްރިލް 2019 | އަންގާރަ 17:00
މަރާލެވިފައިވާ ނޫސްވެރިޔާ ޖަމާލް ޙަޝޯގީ
މަރާލެވިފައިވާ ނޫސްވެރިޔާ ޖަމާލް ޙަޝޯގީ
ގެޓީ އިމޭޖަސް
ޖަމާލް ޙަޝޯގްޖީގެ ގަތުލު
މަރާލާފައިވާ ނޫސްވެރިޔާގެ ޙަޝޯގީގެ ދަރިންނަށް އަގުބޮޑު ގެޔާއި ފައިސާ: ރިޕޯޓް
މިލިއަނުން ފައިސާ ދޭން ހުށައަޅާފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައި
ފައިސާއާ ބެހޭ މަޝްވަރާތައް ކުރިޔަށް ގެންދަން ނިންމާފައިވަނީ މި މަރުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތަށް ފަހު

މަރާލި ނޫސްވެރިޔާ ޖަމާލް ޙަޝޯގްޖީގެ ހަތަރު ދަރިންނަށް މިލިއަން ޑޮލަރުގެ ގެތަކާއި، މަހަކު ހާހުން ފައިސާ ސައުދީ ސަރުކާރުން ދޭން ފަށައިފި ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓު ކޮށްފިއެވެ.

އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ސައުދީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޙަޝޯގްޖީގެ އާއިލާއާއި އެކު މިކަމުގައި ދިގުމުއްދަތުގެ އެއްބަސްވުމަކަށް އައުމަށެވެ. ޙަޝޯގްޖީގެ އާއިލާއާ އެކު އެއްބަސްވުމަކަށް އައުމަށް ސައުދީން މަސައްކަތް ކުރަމުން ދަނީ ކުރިޔަށް އޮތް ތަނުގައި އެ އާއިލާގެ އެއްވެސް ފަރާތަކުން ސައުދީއަށް ފާޑުކިޔުން ހުއްޓުވުމުގެ ގޮތުން ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް މަރުގެ ދިޔައިގެ ގޮތުގައި ސައުދީން އެ މީހުންނަށް ފަހަރުގައި މިލިއަނުން ފައިސާ ދީފާނެ ކަމަށް ރިޕޯޓްކޮށްފައިވާ އިރު، މިހާރު ކުރިޔަށްދާ މަޝްވަރާތަކަށް ފަހު ސީދާ ދޭނެ އަދަދެއް ކަނޑައެޅިގެން ދާނެ ކަމަށް ސައުދީ އޮފިޝަލުންނާ ހަވާލާދީ ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓް ކޮށްފައިވެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެފައިވަނީ، ޙަޝޯގްޖީ މަރާލުމުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތަކަށް ފަހު ކަމަށެވެ.

ތުރުކީގައި ހުންނަ ސައުދީއަރަބިޔާގެ އެމްބަސީގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ޙަޝޯގްޖީ މަރާލީ ސައުދީ ސަރުކާރަށް މަސައްކަތް ކުރާ ޓީމަކުންނެވެ. އަނިޔާވެރިކޮށް މަރާލި ކަމަށް ސައުދީ ސަރުކާރުން ވެސް އެއްބަސްވެފައިވާ ނޫސްވެރިޔާ ހަށިގަނޑު ފެނިފައި ނުވާ އިރު، އޭނާ އަވަނަކަށްލާ އަންދާލީ ކަމަށް މީގެ ކުރިން ވޮޝިންޓަން ޕޯސްޓުން ވަނީ ރިޕޯޓްކޮށްފައެވެ.

- ކޮމެންޓް