ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ 1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް 03 އޭޕްރީލް އިން ފެށިގެން 28 އޭޕްރީލްވާ އާދީއްތަ ދުވަހުގެ 14:00 އަށް އެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.
މިނިސްޓްރީން ބުނީ، މާލެ އާއި އަތޮޅުތަކުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ ފޯމު" ފުރުމަށް ފަހު އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށަކުން ވެސް އެރަށެއްގެ ރަށު ކައުންސިލް / ސިޓީ ކައުންސިލަށް ހުށަހެޅޭނެ ކަމަށެވެ. އަދި މާލޭގައި ނަމަ، ފޯމު ހުށަހަޅާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަމަށާއި، ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ މި މިނިސްޓްރީގެ ހޯލުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 16،294 މީހުން ރަޖިސްޓަރީ ވެފައި ވެއެވެ. 2017 ވަނަ އަހަރު ރަޖިސްޓްރީކޮށްފައި ވަނީ 16،205 މީހެކެވެ.
ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރާ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވެއެވެ.