ކ. މާލެ
|
1 އޭޕްރިލް 2019 | ހޯމަ 11:13
ޑޮއާން ތީގެ ވަކީލް ވިދާޅުވީ މެއި މަހުގެ ފުރަތަަމަ ހަފްތާގެ ތެރޭގައި އޭނާ މިނިވަން ކުރާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް
ޑޮއާން ތީގެ ވަކީލް ވިދާޅުވީ މެއި މަހުގެ ފުރަތަަމަ ހަފްތާގެ ތެރޭގައި އޭނާ މިނިވަން ކުރާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް
އޭއެފްޕީ
ކިމް ޖޮން ނަމް ގެ މަރު
ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ވިއެޓްނާމް މީހާއަށް ޖަލު ހުކުމެއް
ކިމް ޖޮންގ ނަމް މަރާލާފައިވަނީ 2017 ވަނަ އަހަރު

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ އެއްބަފާ ބޭބެ، ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ވިއެޓްނާމްގެ އަންހެނެއް ކަމަށްވާ ޑޮއާން ތީ ހުއޮންގގެ މައްޗަށް ތިން އަހަރާއި ހަތަރު މަސްދުވަހުގެ ޖަލުހުކުމެއް އިއްވައިފިއެވެ.

އުމުރުން 30 އަހަރުގެ ޑޮއާން ތީގެ މައްޗަށް މެލޭޝިއާގެ ކޯޓަކުން ހޯމަ ދުވަހު މި ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް އިއްވޭ އަދަބު ކުޑަކޮށްދިނުމަށް އެދިފައިވަނިކޮށެވެ.

ފަނޑިޔާރު ވިދާޅުވީ މި ހުކުމްކުރެވިފައި ވާނީ  އާއްމުންނާއި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތުގެ މަސްލަހަތަށް ހަމަހަަމަކޮށް ބަލައިގެން ކަމަށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ" ޑޮކްގެ ތެރޭގައި ދެ އަތުގައި ބިޑިއަޅުވާފައި ހުރި ޑޮއާން ތީ ނޫސްވެރިންނަށް ބުންޏެވެ. އޭނާ ވަނީ ވިއެޓްނާމާއި މެލޭޝިއާގެ ސަރުކާރަށް ޝުކުރު އަދާކޮށް އޭނާގެ މައްޗަށް ކުރި ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް ބުނެފައެވެ.

އޭނާގެ ވަކީލު ވިދާޅުވީ މެއި މަހުގެ ފުރަތަަމަ ހަފްތާގެ ތެރޭގައި އޭނާ މިނިވަން ކުރާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

ކިމް ޖޮންގ ނަމް މަރާލާފައި ވަނީ ޗައިނާގެ ބާރުގެ ދަށުގައި އޮންނަ މަކާއޫ އިން އެނބުރި މެލޭޝިއާ އަށް އައިތަނުން، 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު، ކުއަލަ ލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރޭގައެވެ.

މެލޭޝިއާގެ ކަމާއިގުޅޭ އިދާރާތަކުން ވަނީ، ވިހަގަދަ ނާރވް އޭޖެންޓެއް ކަމަށްވާ 'ވީއެކްސް' ކިމް ޖޮންގ ނަމްގެ މޫނުގައި އުނގުޅުމަށް އެ ދެއަންހެނުން ތަމްރީންކޮށްފައިވަނީ އުތުރު ކޮރެއާގެ އޭޖެންޓުން ކަމަށް ތުޙުމަތުކޮށްފައެވެ.

- ކޮމެންޓް