Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 00:50
ރ. ދުވާފަރު
ރ. ދުވާފަރު
ގޫގުލް
ދުވާފަރު
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
އޭނާއަށް ދަނީ އައިޖީއެމްއެޗްގަ ފަރުވާ ދެމުން
މިމައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ

ރ. ދުވާފަރު އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖެހި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައި ވަނީ މި ހާދިސާގައި ޒަހަމްވީ އުމުރުން 71 އަހަރުގެ އިބްރާހިމް މުހައްމަދެއެވެ. ކެމިކަލް ޖެހުމުގެ ސަބަބުން އޭނާގެ ލޯ ރަނގަޅަށް ނުހުޅުވޭ އިރު މޫނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

 

ފުލުހުން ބުނީ އަންގާރަ ދުވަހު ހެނދުނު ރ ދުވާފަރު އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ކަމަށް ބެލެވޭ އެއްޗެށް ޖެހި ކަމުގެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެއެވެ.

 

އޭނާއަށް ދުވާފަރު ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

 

އުމުރުން ދުވަސްވީ މީހާގެ މޫނަށް ޖަހާފައިވަނީ ކެމިކަލެއް ކަމެއް ނުވަތަ ކޮންކަހަލަ ކެމިކަލެއް ކަމެއް ފުލުހުން ނުބުނެ އެވެ.

 

މިމައްސަލާގައި އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށްކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް