Advertisement
ކ. މާލެ
|
31 މާރޗް 2019 | އާދީއްތަ 08:53
ރައީސް ނަޝީދާއި ސާލިހު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅު
ރައީސް ނަޝީދާއި ސާލިހު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅު
ޓްވިޓަރ
ރައީސް ސާލިހު
ރައީސް ސާލިހާއި ނަޝީދު ބޮޑު ތިލަދުންމަތީގައި!
މިއީ ކެމްޕެއިން ދަތުރުފުޅެއް

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތިލަދުން މައްޗަށް ވަޑައިގަންނަވައިފިއެވެ.

އެ ދެ ބޭފުޅުންގެ މި ދަތުރުފުޅަކީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ފެއްޓެވި ދަތުރުފުޅެކެވެ.

ދެ ރައީސުން އާދިއްތަ ދުވަހުގެ ހެނދުނު ހދ. ހަނިމާދޫއަށް ވަޑައިގަތުމުން ދެ ބޭފުޅުންނަށް ވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. 

އެ ދެ ބޭފުޅުން ފުރަތަމަ ވަޑައިގެންނެވީ ހަނިމާދުގައި އޮންނަ ޖަލްސާއަށެވެ. މި ޖަލްސާއަކީ ހަނިމާދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަބުދުލް ޣަފޫރު މޫސާގެ ކެމްޕެއިން ޖަލްސާއެކެވެ.

ޖަލްސާގައި ރައީސް ސާލިހާއި، ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި މި ދާއިރާގެ ކެންޑިޑޭޓް އަބުދުލް ޣަފޫރު މޫސާ ވެސް ވާހަކަފުޅު ދައްކަވާނެއެވެ.

މީގެ އިތުރުން ހަނިމާދޫގައި ގާއިމްކޮށްފައިވާ ޑިޓޮކްސް ސެންޓަރެއް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވުމަށް ވަނީ ހަމޖެހިފައެވެ.

ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅުގައި، ރައީސް ސާލިހު ހއ. ގެ ބައެއް ރަށްތަކަށް އަދި ރައީސް ނަޝީދު ހދ. އަތޮޅުގެ ރައްތަކަށް ވަކިވަކިން ވަޑައިގަންނަވާނެއެވެ. އަދި ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލަސާއެއް ހއ. ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލަސާއެއް ހދ. ކުޅުދުއްފުށީގައި މިރޭ އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް