Advertisement
ކ. މާލެ
|
31 މާރޗް 2019 | އާދީއްތަ 08:49
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
ރާއްޖެއެމްވީ
އަހުމަދު މަހުލޫފް
ސަގީފްއާ ބެހޭ ގޮތުން މަހުލޫފް ދެއްކެވި ވާހަކަތަކަށް އަދާލަތު ޕާޓީން ރައްދު ދީފި
ވީޑިއޯ އެޑިޓްކޮށްފައިވާ ކަމަށް މަހުލޫފު ވިދާޅުވި

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދާލަތު ޕާޓީގެ ޓިކެޓްގައި ވައިކަރަދޫ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ހުސެއިން ސަގީފްއާ ބެހޭ ގޮތުން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ދެއްކެވި ވާހަކަ އަށް އަދާލަތު ޕާޓީން ރައްދު ދީފިއެވެ.  

ވައިކަރަދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހުސެއިން ޒިޔާދު (ފިއްޓޭ)ގެ ކެމްޕޭނު ޖަލްސާގައި މަހްލޫފް ވިދާޅުވީ، ކުއްލިޔަކަށް މީހަކު އެ ދާއިރާ އަށް ނިކުމެ ތިމަންނައަކީ އަދާލަތު ޕާޓީގެ ކެންޑިޑޭޓެކޭ ބުނުމުން އެކަމަށް ތާއިދު ކުރެވެން ނެތް ކަމަށެވެ.

ސަގީފްގެ ބޭބެ އަލީ އަހްސަނަކީ ކުރީގެ ރައީސް ޔާމީންގެ ކެމްޕޭނުގައި އުޅުނު މީހެއް ކަމަށް މަހުލޫފު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އަހްސަނަކީ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ވަރަށް ގާތް ބޭފުޅެއް ކަމަށް ވެސް މަހްލޫފް ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް ފަހުން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބަޔަކު އޭނާގެ ވީޑިއޯ އެޑިޓްކޮށްގެން ދައްކަމުންދާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކެއް އެކައުންޓަށް ޖަމާކުރި މައްސަލައިގައި ސަސްޕެންޑްކޮށްފައި ހުންނެވި މަހްލޫފު އެ ވާހަކަ ދެއްކި ވީޑިއޯއާ އެކު އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނީ، އެ ޕާޓީން ޓިކެޓް ދީފައިވާ ސަގީފްއަކީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ޒުވާނެއް ކަމަށެވެ. ފަރުދެއްގެ އާއިލީ މީހުންގެ ސިޔާސީ ފިކުރަށް ބިނާކޮށް ތަފާތު ކުރުމަކީ އެ ޕާޓީގެ ވިސްނުމެއް ނޫން ކަމަށް އެ ޓްވީޓްގައި ވެއެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ވެސް މަހްލޫފް ގެންދަވަނީ ސަގީފްއާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރައްވަމުންނެވެ.

 

އަދާލަތުން އެމްޑީޕީގެ ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ތާއިދު ކުރާކަން ދާދިފަހުން ވަނީ އިއުލާން ކޮށްފައެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިންތިހާބަށް ވައިކަރަދޫ ދާއިރާ އަށް ހަތަރު ކެންޑިޑޭޓަކު ވާދަ ކުރެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް