Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 16:50
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އަވަސް
ކުރީގެ ރައީސް ޔާމީން
ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލައިގެ ހުކުމް މާދަމާ
އެކައުންޓުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ބުނޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތައް ފްރީޒްކުރި މައްސަލައިގައި ގޮތެއް ނިންމުން އާދީއްތަ ދުވަހަށް ހައިކޯޓުން ތާވަލް ކޮށްފިއެވެ.

ހައިކޯޓުން އާދީއްތަ ދުވަހުގެ މެންދުރު 2:00 އަށް އެމައްސަލަ ތާވަލްކޮށްފައިވާއިރު މިމަހުގެ ހަތް ވަނަ ދުވަހަށް އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލްކުރުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ.

ޔާމީންގެ އެކައުންޓުތައް ފްރީޒްކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އެކައުންޓުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރަން ކޯޓުން އަމުރު ކުރީ ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލި މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

ރައީސް ޔާމީންގެ މަނީލޯންޑަރިންގެ މައްސަލައެއް ކްރިމިނަލްކޯޓުން ބަލަން ފަށާފައިވާއިރު އެ މައްސަލައަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވި ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބެހެއްޓި އަމުރު ބާތިލް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގެ ބެންޗު ބަދަލުކޮށްގެންނެވެ.

މަޑަވެލީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޓިކެޓުގައި އެ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް މުއާޒު މުހައްމަދު ރަޝީދަށް ހުކުރު ދުވަހުގެ ރޭ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާ ފްރީޒްކޮށްފައި ހުުރުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވެވަޑައިގެންފައިވާ ކަމަށެވެ. ދަތި ހާލުގައި ކުރަމުންދާ މަސައްކަތް ކުރަމުންދާކަމަށާއި ކެންޕެއިނަށް ރަށްރަށަށް ނުދެވެނީ ބަންދުގައި ހުންނެވުމުންކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު ބަންދު ކުރުމަށްފަހު ޚަރަދު ނުކުރެވޭގޮތް ހަދާފައިވާ ކަމަށާއި އެއީ ޑިމޮކްރަސީ ނޫންކަމަށެވެ.

ފުލުހުން ފްރީޒްކޮށްފައިވާ ރައީސް ޔާމީންގެ އެކައުންޓްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަދި މޯލްޑީވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ގެ އެކައުންޓްތައް ހިމެނެއެވެ. ފުލުހުން ބުނެފައި ވަނީ ރައީސް ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް