Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 15:30
ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީ އަހުމަދު
ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީ އަހުމަދު
މުހައްމަދު ޝަރުހާން
ޔޫތު އިންޓާރޝިޕް ފޯރަމް
ޔޫތު އިންޓާރޝިޕް ފޯރަމް 2019 ފަށައިފި
ފޯރަމްގައި ބައިވެރި ވެފައިވަނީ ސްކޫލު ނިންމުމަށް ފަހު ވަޒީފާއަށް ނުކުންނަން ބޭނުންވާ ކުދިން
ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ 04:00 އަށް

މިނިސްޓރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ޒުވާނުން ވަޒީފާގެ މާހައުލަށް ނެރެ، އެކަމަށް އަހުލުވެރި ކުރުމަށްޓަކައި ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން މިއަހަރު އަލަށް ތައާރަފް ކުރާ ޕްރޮގްރަމެއް ކަމަށްވާ "ޔޫތު އިންޓާރޝިޕް ފޯރަމް 2019" ފަށައިފިއެވެ.

މޯލްޑިވްސް ސެންޓަރ ފޯ ސޯސަލް އެޑިއުކޭޝަން ސެންޓަރގައި ބޭއްވި މި ފޯރަމް އިފްތިތާހު ކޮށްދެއްވާ ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީ އަހުމަދު ވިދާޅުވީ ޔޫތު މިނިސްޓްރީގެ ހުރިހާ ވެސް އަމާޒަކީ ޒުވާން ޖީލެއް ހަރުދަނާ ގޮތުގައި ބިނާ ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކަމަށާއި އެ މައްސޫލިއްޔަތު އުފުލަންޖެހޭ ސަރުކާރުގެ މުއައްސަސާއަކީ ޔޫތު މިނިސްޓްރީ ކަމަށެވެ.

ޒަކީ ވިދާޅުވީ ޒުވަނުންނަށްޓަކައި ޔޫތު މިނިސްޓްރީގެ ފަރާތުން ތަފާތު އެކި ހަރަކާތްތައް ރާވާފައި ވާކަމަށެވެ.

އެގޮތުން ސޯސަލް ސެންޓަރަކީ ޒުވާނުންގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ބޭނުން ކުރާ ތަނެއް ކަމުގައި ވީނަމަވެސް އެތަނުގެ ބޭނުން އެދެވޭ ގޮތުގައި ޒުވާނުން ހިފާތަން ފެންނަލެއް މަދުކަމަށެވެ.

"މިއަދުގެ އުފަލަކީ ސްކޫލު ނިންމާ ކިޔެވުމުގެ މަރުހަލާއަށް ވިސްނާ އަދި އަމިއްލަ މަސައްކަތެއް ކުރުމުގެ ޝައުގުވެރިކަން އުފައްދާ ކޮންމެ ކުއްޖަކީ ވެސް މަސައްކަތެއް ކޮށްގެން އުޅޭ ކުއްޖަކަށް ވާންޖެހޭ. އާއިލީ މުއްސަނދިކަމެއް ހުއްޓަސް އަމިއްލަ ފުދުންތެރިކަމަކީ ވަރަށް މުހިންމު ކަމެއް. އަމިއްލަ މަސައްކަތުން ކަމެއް ކޮށްލެވުމުން މާބޮޑަށްވެސް އޭގެ ވެއިޓް ވަރުގަދަ ވާނެ،" ޒަކީ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ޒުވާނުންނަކީ ސްކޫލު ނިންމުމަށް ފަހު އަލަށް ވަޒީފާގެ ބާޒާރަށް ނުކުންނަ ކުދިން ކަމަށް ވުމާ އެކު މި ފޯރަމްގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ކާމިޔާބު ޒުވާނަކަށް ވުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކާއި އަދި މުހިންމު އާދަކާދަތަކަށް ބޭނުންވާ ސްކިލްތައް ކުދިންނަށް ކިޔާ ދިނުމަށެވެ.

މި ފޯރަމް ފެށިގެން ދިޔައީ "އައިއޭމް މޯޓިވޭޓެޑް" މި ނަމުގައި ކުރިއަށް ގެންދެވުނު ސެޝަނަކުން ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ. 

މީގެ އިތުރުން ވެސް ޔޫތު މިނިސްޓްރީގެ ކެރިޔަރ ގައިޑއެންސް ސެންޓަރުން ކެރިއަރ ގައިޑެންސާ ބެހޭ ސެޝަނެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ 04:00 އަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް