Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 12:52
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ރައީސް ޔާމީން
އިންތިޚާބަށް ބަހައްޓާފައި ހުރި ފައިސާގައި އަދިވެސް އަތްލެވޭ ގޮތް ނުވޭ: ރައީސް ޔާމީން
ކެންޕޭންގެ ފައިސާ އަދިވެސް ހުރީ ފްރީޒްކޮށްފައި
މަސައްކަތް ކުރަމުންދަނީ ވަރަށް ދަތިހާލުގައި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބަހައްޓާފައި ހުރި ފައިސާގައި އަދިވެސް އަތްލެވޭ ގޮތް ވެފައިނުވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ގދ.މަޑަވެލި ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މުއާޒު މުހައްމަދު ރަޝީދަށް ތާއީދުކުރާ މީހުންނާ ފޯނުންގުޅައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން ކަންތައްތައް ކުރެއްވި ގޮތުން ތަންތަނަށް ދަތުރުކުރެއްވޭ ގޮތެއް ނުވި ކަމަށާއި، ކެންޕޭންއަށް ބަހައްޓާފައި ހުރި ފައިސާގައި ވެސް އަތް ލެވޭ ގޮތް ނުވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ކެންޕޭންގެ ފައިސާ އަދިވެސް ހުރީ ފްރީޒްވެފައި ކަމަށާއި، މަސައްކަތް ކުރައްވަމުން ދަނީ ވަރަށް ދަތިހާލުގައި ކަމަށެވެ.

މިސަރުކާރުން ކުރާ މަސައްކަތަކީ ތަންތަނަށް ދަތުރުކުރުމާއެކު މީހުންގެ ފަހަތުން ދުވެ، މީހުންނަށް އަނިޔާކުރުން ކަމަށް ޔާމީން ވިދާޅުވިއެވެ.

''މިއީއެއް ނޫން އިންތިޚާބުގައި ގޮނޑި ހޯދަން މަސައްކަތް ކުރާ ގޮތަކީއެއް. އިންތިޚާބުގެ ގޮނޑި ހޯދަން ކުރަންޖެހޭ މަސައްކަތަކީ ކޮންމެ ބަޔަކު ވެސް ނުކުމެ ރައްޔިތުންގެ ހައްގުގައި ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަންޖެހޭނީ. ވަކާލާތުކޮށްދޭ މަޖިލީހަށް އައިސް އެކަން ކުރެވޭ މީހުން އެކަންކަމާ ހަވާލުވެ ނުކުންނަންވީ'' ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމް ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި އޮތުމުން، އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީއަށް ދޭންޖެހޭ އަށް މިލިއަން ރުފިޔާ މީގެ ކުރިން ހިފަހައްޓާފައެވެ. އަދި މިމައްސަލަ ނިންމިއިރު ސުޕްރީމް ކޯޓުން ވަނީ އެ ފައިސާ ޕީޕީއެމްއަށް ދޫކުރުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އަދި މިފައިސާ ޕީޕީއެމްއަށް ދޫކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް