ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 10:41
އިމާރާތުގެ އިމަރޖެންސީ ދޮރުތައް ހުރީ ތަޅުލާފަ ކަމަށް ބެލެވޭ:އޮފިޝަލުން
އިމާރާތުގެ އިމަރޖެންސީ ދޮރުތައް ހުރީ ތަޅުލާފަ ކަމަށް ބެލެވޭ:އޮފިޝަލުން
މުހައްމަދު ޝަރުހާން
ޑާކާގެ އިމާރާތެއްގައި ރޯވުން
ބަންގްލަދޭޝްގައި ހިނގި އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު 25 އަށް
މަރުވި މީހުންގެ އަދަދު 25 އަށް އަރާ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ އުސް އޮފީސް އިމާރާތެއްގައި ރޯވެ, މަރުވި މީހުންގެ އަދަދު 25 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި އެއިމާރާތުގައި އެތައް ބަޔަކު ތާށިވިއިރު އެމީހުން ތާށިވެފައިވަނީ އިމަރޖެންސީ ގައި ނުކުންނަން ހުންނަ ދޮރު ތަޅުލާފައި ހުރުމުން ކަމަށް ބެލެވޭ ކަމަށް އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ފަރާތްތަކުންވަނީ ބުނެފައެވެ.

ބީބީސީ ބެންގާލީގައި ޑާކާ ފަޔަރ ޑިޕާޓްމަންޓުގެ ބޭފުޅެއް ކަމަށްވާ ޝަޖަން ޝިކްދާރު ވިދާޅުވީ އިމާރާތުގައި އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނު ވެސް މަދުކަމަށެވެ.

ވިޔަފާރީގެ ޑިސްޓްރިކްޓެއް ކަމަށްވާ ބަނާނީގައި ހުންނަ އެ އިމާރާތުގައި ރޯވާން ދިމާވި ސަބަބެއް އަދިވެސް ސާފެއްނުވެއެވެ. ސަރުކާރުންވަނީ ހާދިސާ ތަހުގީގު ކުުރުމަށް އަންގާފައެވެ.

އަލިފާން ރޯވެފައިވަނީ ބުރާސްފަތި ދުވަހުގެ 12:50 ހާއިރުއެވެ. 

މަދުވެގެން ހަ މީހަކު މަރުވެފައިވަނީ އިމާރާތުގެ 22 ވަނަ ބުރިން ފުންމާލުމުން ކަމަށް އޮފިޝަލަކާ ހަވާލާދީ އޭއެފްޕީގައި ރިޕޯޓް ކޮށްފައިވެއެވެ.

އިމާރާތުގެ ކުޑަދޮރުތަކުން މީހުން އެހީއަށް އެދި ގޮވާ މަންޒަަރު ފެނިފައިވާއިރު ބައެއް މީހުންވަނީ އިމާރާތުގައި ހުންނަ ޓީވީ ކޭބަލްތަކުން އަމިއްލައަށް އިމާރާތުން ފައިބާފައެވެ. އަދި އަނެއް ބަޔަކު އިމާރާތުން ނުކުމެފައިވަނީ މީހުން ސަލާމަތް ކުރުމަށް ބޭނުން ކުރި ހެލިކޮޕްޓަރުގެ ވަލުގައި އެލިގަނެގެން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

 

- ކޮމެންޓް