Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 10:32
ކުރީގެ ރައީސް މުހައްމަދު ނަޝީދު(ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް މުހައްމަދު ނަޝީދު(ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019
ނަޝީދު ޔާމީނަށް: ހަމަ ނޭވާ ލެވޭނީ މަނިކުފާނު ނެތުނީމާ!
ނޭވާ ލެވޭނީ ތިމަންނާގެ ގެއަށް ގޯނިގޯނީގައި ފައިސާ ގޮސް ވެއްދުނީމަ

"ހަމަނޭވާ ލެވެން އޮތީ" ކުރީގެ ރައީސް އަބްދުﷲ  ޔާމީން ނެތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މަޑުއްވަރީ ދާއިރާއަށް  ވާދަ ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ ކެމްޕެއިން ޖަލްސާއަށް ހުކުރު ދުވަހުގެ ރޭ  ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ " ހަމަނޭވާ ލެވެން އޮތީ މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތަކެއް ޖޭޕީ އާއި ޕީޕީއެމާއި ޕީއެންސީއަށް ދީގެން" ކަމަށެވެ. 

"ތަކުރާރުކޮށް ދަންނަވަން ރާއްޖޭގެ މަސްލަހަތު އޮތީ އަމާންކަން އޮތީ އަދި ރާއްޖޭގައި އެއްވެސް ބަޔަކަށް ހަމަނޭވާ ލެވެން އޮތީ މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ޖޭޕީ އާއި ޕީޕީއެމާއި ޕީއެންސީ ދީގެން" ރައީސް ޔާމީން ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވާ  ވިލިފުށީ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ހަސަން އަފީފުގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "ހަމަ ނޭވާ ލެވޭނީ" ރައީސް ޔާމީންގެ ވެރިކަމުގައި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް ވީގޮތް ޔާމީން ކިޔައިދެއްވުމުން ކަމަށެވެ. އަދި "ހަމަނޭވާ ލެވޭނީ މަނިކުފާނު ނެތުމުން" ކަމަށް ވިދާޅުވިއެވެ.

"... ނޭވާ ލެވޭނީ އޮނަރަބަލް ގާސިމް އިބްރާހިމްގެ އަމއިްލަ ދަރި ގެންގޮސް ކުޑަގޮޅީގައި ބާއްވާ އަދި އޭނާއާއި ޖެހިގެން އޮތް ގޮޅީގައި އޭނާގެ ބައްޕަ ވެސް ބޭއްވީމައޭ. ނޭވާ ލެވޭނީ ތިމަންނާއަށް އަމިއްލަ ބޮޑުބޭބެ ކިޔާ ދަރި އޭނާގެ ބައްޕައާއި ޖެހިގެން އޮތް ގޮޅީގައި ތިމަންނައަށް ބޭއްވުނީމައޭ. ނޭވާ ލެވޭނެ ކަމަށް އެބޭފުޅާ އެވިދާޅުވަނީ އަނެއްކާ ވެސް ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ތިމަންނާއަށް އަނެއްކާ ވެސް ވައްކަން ކުރެވުނީމައޭ. ނޭވާ ލެވޭނީ ތިމަންނާގެ ގެއަށް ގޯނިގޯނީގައި ފައިސާ ގޮސް ވެއްދުނީމައޭ. ނޭވާ ލެވޭނީ ބޭރުން ގިނަ އަދަދެއްގެ ފައިސާ ރާއްޖެ ގެނެވި އެފައިސާ ދިވެހިރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ދޮވެވި އޭގެ ނާޖާއިޒު ފައިދާ ތިމަންނާއަށް ނެގުނީމައޭ. ނޫން މަނިކުފާނު. ނޭވާ ލެވޭނީ މަނިކުފާނު ނެތުނީމާ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް "ނޭވާ ލެވޭނީ" ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ޖަރީމާތައް ހުއްޓުވުމުން ކަމަށެވެ.  ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާނާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް މަރާލިގޮތް އެނގުމުން ކަމަށާއި ރާއްޖޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ގެއްލުވާލާފައިވާ ފައިސާތައް ވީތަން އެންގުމުން ކަމަށެވެ. 

"ނޭވާ ރާއްޖޭގެ ރައްޔިތުންނަށް ލެވޭނީ މަނިކުފާނު ތި ޖަރީމާތައް ހިންގެވުން ހުއްޓުވާލީމާ. ނޭވާ ރާއްޖޭގެ ރައްޔިތުނަށް ލެވޭނީ މަނިކުފާނުގެ ރާއްޖޭގެ އެކިއެކި ގޭންގުތަކާއި ގުޅިގެން ހިންގަމުން ގެންދެވި ނާޖާއިޒު ކަންކަން ހުއްޓާލީމާ. ނޭވާ ލެވޭނީ ރިލްވާނަށް ވީގޮތް އަޅުގަނޑުމެންނަށް އެނގުނީމާ. ނޭވާ ލެވޭނީ ޑރ. އަފްރާޝީމް މަރާލިގޮތް އަޅުގަނޑުމެންނަށް އެނގުނީމާ. ނޭވާ ލެވޭނީ ރާއްޖޭގައި ގޮތެއް ނޭގި ގެއްލުވާލާފައިވާ އެތައް ބަޔަކަށް ވީގޮތް އަޅުގަނޑުމެންނަށް އެނގުނީމާ.ނޭވާ ލެވޭނީ ގެއްލިފައިވާ ފައިސާ ވީތަން އަޅުގަނޑުމެންނަށް އެނގުނީމާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަނީލޯންޑަރިންގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ޝަރީއަތަށް ނުފޫޒުފޯރުވާނެ ކަމަށް ބެލެވި ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށް ލާފައިވަނީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ މައްސަލައިގައި އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފައިވަނީ އެ މަނިކުފާނު ހައްޔަރު ކޮށްފައިވާ މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލު ކުރުމަށް ފަހު ބުރާސްފަތި ދުވަހުއެވެ. 


 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 މާރޗް 2019 | ހޮނިހިރު 21:46
ހ މ ޒ
ސާބަހޭ ރައީސް އަބްދުﷲ ޔާމީން!