Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 08:43
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލަނީ.. އީސީއިން ވަނީ އިންތިޚާބަށް ބޭނުންވާ ސާމާނު މަރުކަޒުތަކަށް ފޮނުވާފައި
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލަނީ.. އީސީއިން ވަނީ އިންތިޚާބަށް ބޭނުންވާ ސާމާނު މަރުކަޒުތަކަށް ފޮނުވާފައި
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019
ވޯޓު ފޮށިތައް މަރުކަޒުތަކަށް ފޮނުވަން ފަށައިފި
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 501 ވޯޓު ފޮށި އީސީއިން ބަހައްޓާ

އެޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސް ވޯޓުލާ މަރުކަޒުތަކަށް  ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކަމިޝަން(އީސީ)އިން ފަށައިފިއެވެ.

އީސީ އިން ބުނީ ހުކުރު ދުވަހުން ފެށިގެން ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސް އަދި ވޯޓުލުމަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފަށާފައިވާ ކަމަށެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 501 ވޯޓު ފޮށި އީސީއިން ބަހައްޓައެވެ.

އީސީއިން ބުނީ ވޯޓުފޮށިތަކާއި ކަރުދާސް  ފޮނުވަމުންގެންދަނީ އެކަމިޝަނުގެ އޮފިޝަލަކާއި ފުލުހެއްގެ ހަވާލުގައި ކަމަށެވެ. އަދި އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ވޯޓުލުމަށް ބޭނުންވާ ސާމާނު ފޮނުވައި ނިމޭނެ ކަމަށް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 386 ކެންޑިޑޭޓުން 87 ދާއިރާއަކަށް ވާދަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް