ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 10:28
ކެނެޑާގެ ކިއުބެކް ސްޓޭޓް
ކެނެޑާގެ ކިއުބެކް ސްޓޭޓް
ސްޓަފް.ކޯ.އެންޒީ
ކެނެޑާގެ ކިއުބެކް
ދީނީ ރަމްޒުތައް މަނާ ކުރާ ބިލެއް ކެނެޑާޣޭ ކިއުބެކްއިން ތައާރަފްކޮށްފި
މި ބިލަކީ މުސްލިމުންނަށް އަމާޒުކޮށްގެން ތައާރަފުކުރި ބިލެއް ކަމަށް ގިނަ ފަރާތްތަތަކަކުން ވަނީ ބުނެފަ

އެއްވެސް ދީނެއް ރަމްޒުކޮށްދޭ އެއްވެސް އެއްޗެއް ރަސްމީ މަސައްކަތު ގަޑީގައި ސަރުކާރުގެ މުއައްޒަފަން ބޭނުން ކުރުން މަނާކުރާ ބިލެއް، ކެނެޑާގެ ކިއުބެކް ޕްރޮވިންސްއިން ތައާރަފުކޮށްފިއެވެ.

މި ގާނޫނަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ މިއީ ސީދާ އިސްލާމް ދީނާ ދެކޮޅަށް، ހާއްސަކޮށް ބުރުގާ އަޅާ އަންހެނުންނާއި ދެކޮޅަށް ފާސްކުރަން މަސައްކަތް ކުރާ ގާނޫނެއް ކަމަށެވެ. މި ގާނޫނު ތައާރަފުވުމާއެކު ރަސްމީ ގަޑީގައި ބުރުގާގެ އިތުރުން ސޮލީބާއީ ޔަހޫދީންގެ ތާކިހާ އަދި ސިކުންގެ ބޮލުފޮށާ އެޅުން ވެސް މަނާކުރެވިގެން ދާނެއެވެ. މި ބިލަށް ބޯލަނބަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ފުލުހުންނާއި ޓީޗަރުން އަދި ފަނޑިޔާރުން ވެސް ހިމެނެއެވެ.

މި ބިލް ކިއުބެކްގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރެވިގެން ދާނެ ކަމަށް ބެލެވިފައިވާއިރު، މިއީ ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޫގެ ދީނީ މިނިވަންކަމުގެ ސިޔާސަތާއި ދެކޮޅު އެއްޗެއް ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ. މި ބިލާއި ދެކޮޅަށް ކިއުބެކްގައި ހަރަކާތްތެރިވާ ދީނީ ޖަމިއްޔާތަކުން އަޑު އުފުލަމުން ދާއިރު، އެ ސްޓޭޓްގެ ވެރިރަށް މޮންޓްރިއާލްގެ މޭޔަރު ވިދާޅުވީ މިއީ ސެކިއުލަރިޒަމްގެ މާނަ އޮޅުވާލައިގެން ކުރަން އުޅޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ސެކިއުލަރިޒަމް ހުއްދަކުރަނީ ހުރިހާ ދީނެއްގެ މީހުންނަށް ވެސް އެބަޔެއްގެ ދީންގައިވާ ކަންކަން ފުރިހަމައަށް އަދާ ކުރުމުގެ ހައްގު ކަމަށެވެ.

މި ބިލަށް ބޯނުލަނބާނެ ކަމަށް ކިއުބެކްގައި ދިރިއުޅޭ ފަރާތްތަކުން ވަނީީ ބުނެފައެވެ. އެގޮތުން ޓީޗަރުންގެ ޔޫނިއަނުން މި ބިލު ތަންފީޒުކުރަން އެއްބާރުލުން ނުދޭނެ ކަމަށް މިހާރު ވެސް ބުނެފައިވާ އިރު، ކެނެޑާގެ ދީނީ މިނިވަންކަމުގެ ޗާޓަރާ ތައާރުޒުވުމާ ގުޅިގެން އެ ގައުމުގެ މަރުކަޒީ ސަރުކާރުގެ ވަކީލުން ވެސް ވަނީ ބިލާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ކިއުބެކްއަކީ އެކި ދީންތަކުގެ ރަމްޒުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެކި ކަހަލަ ފޭރާމުގެ ބައިތައް ބޭނުން ކުރުން މަނާކުރުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުން ގޮސްފައިވާ ޕްރޮވިންސްއެކެވެ.އެގޮތުން މިއީ ކިއުބެކްއިން މިފަދަ ގާނޫނެއް ފާސްކުރަން މަސައްކަތް ކުރާ ހަތަރުވަނަ ފަހަރެވެ.

- ކޮމެންޓް