Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 08:23
ފާރިސް މައުމޫން
ފާރިސް މައުމޫން
ރާއްޖެއެމްވީ
ފާރިސް މައުމޫން
އިސްލާހީ މަސައްކަތް ފެށުނު ހިސާބުން ފެނިގެން ދިޔައީ ނަޒާހަތްތެރި މަޖިލީހެއް: ފާރިސް
އެ މަޖިލީހަކީ ވަރަށް ނަޒާހަތްތެރި ހަމަ ކެރިގެން ފާޅުގައި އަނިޔާވެރި ކަމާއި ދެކޮޅަށް ތެދުވެ ވަޑައިގެން މަޖިލީހެއް ކަމަށް ވިދާޅުވި
މައްޗަންގޮޅީ އުތުރު ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ބޭނުންވާ ދާއިރާއެއް ކަމަށް ވިދާޅުވި

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އިސްލާހީ މަސައްކަތް ފެށުނު ހިސާބުން ފެނިގެން ދިޔައީ ނަޒާހަތްތެރި މަޖިލީހެއް ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، ކުރީގެ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް މަޖިލީސް ހިންގަމުން ދިޔަ ގޮތުން އޭރު އިދިކޮޅު ފަރާތްތަކުން ތިބީ އުއްމީދު ކެނޑިފައި ކަމަށެވެ.

އަދި ސަރުކާރުން ކަންތައްތައް ކުރަމުން ދިޔަ ގޮތުން ކުރީގެ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ސިއްރުގައި މަޝްވަރާތަކެއް ކުރެއްވި ކަމަށް ފާރިސް ހާމަކުރެއްވިއެވެ.

އެކަން އެހެން އޮތް ނަމަވެސް ސަރުކާރުން ކުރަމުން ދިޔަ ކަންތައްތަކާއި ދެކޮޅަށް ކުރިމަތިލައްވާނެ މެމްބަރުން ތިއްބެވި ކަމަށް ވިދާޅުވެފައިވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

 އަޅުގަނޑު ބަހާލާނީ 18 ވަނަ ރައްޔިތުންގެ މަޖިލީސް ދެބަޔަކަށް. ދެ މަރުހަލާއަކަށް. އަޅުގަނޑުމެން އިސްލާހީ މަސައްކަތް ކުރަން ފެށި ހިސާބުން އެ މަޖިލީހަކީ ވަރަށް ނަޒާހަތްތެރި ހަމަ ކެރިގެން ފާޅުގައި އަނިޔާވެރި ކަމާއި ދެކޮޅަށް ތެދުވެ ވަޑައިގެން މެޖޯރިޓީއެއް ހިމެނިގެން ދިޔަ މަޖިލީހެއް. ފާރިސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކޯލިޝަނަށް ކާމިޔާބު ވެގެން ދިޔައީ، އެދުވަހު އިސްލާހަށް  މަސައްކަތް ކުރުމަށް މެމްބަރުންތައް ތެދުވުމުގެ ސަބަބުން ކަމަށް ފާރިސް ވިދާޅުވިއެވެ.

އެގޮތުގައި މި ސަރުކާރު ކޯލިޝަންގައި ރައީސް ސޯލިހުގެ އަރިހުގައި އެމްއާރްއެމް ތިބޭނެ ކަމުގެ ޔަގީންކަން ފާރިސް ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ފާރިސް ވިދާޅުވީ، އިންތިހާބު ކޮށްދެއްވައިފިނަމަ ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

ފާރިސްގެ ކެމްޕޭނު ކުރިޔަށްދާ ގޮތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، އަދިވެސް އެކަށީގެންވާ ވަރަށް ރައްޔިތުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

''ވީހާވެސް ގިނަ ބަޔަކާއި ވޯޓު ލުމުގެ ކުރިން ބައްދަލު ކުރާނަން'' ފާރިސް ވިދާޅުވިއެވެ.

ދާއިރާގެ ރައްޔިތުންގެ ފަރާތުން އެނގިފައިވާ ގޮތުން މައްޗަންގޮޅީ އުތުރު ދާއިރާ އަކީ ސަރުކާރުން އެ ދާއިރާއަކަށް ގިނަ ހިދުމަތްތަކެއް ބޭނުންވާ ދާއިރާއެއް ކަމަށް ފާރިސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ގޯތި ގެދޮރުގެ ދަތިކަމަކީ އެ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ފާރިސް ފާހަގަ ކުރެއްވިއެވެ.

 އަޅުގަނޑު ދަންނަވާނީ މުޅި ދިވެހިރާއްޖޭގައި ވެސް މި ދާއިރާއަށޭ މި މައްސަލަ ( ގޯތި ގެދޮރުގެ) އެންމެ ބޮޑުވެފައި ވަނީ. ވަރަށް ބޮޑެތި އާއިލާތައް އެބަތިބި. އަޅުގަނޑުމެންގެ ދާއިރާ އަކީ ޗާޓުން ބެއްލެވީމަވެސް އެނގިވަޑައިގަންނަވާނެ ހަތަރު ފަރާތުން ބެދިފައި އޮތް ދާއިރާއެއް. އަޅުގަނޑުމެންނަށް ނެތް ދާއިރާގެ  އަތިރި މައްޗެއް ގޮނޑު ދޮށެއް ފަޅެއް ނެތް ބޮޑު ކުރެވޭ ކަށް. އެ ދާއިރާ އަށް ނިސްބަތްވާ ފާރިސް ވިދާޅުވިއެވެ.

ގިނަ އަދަދަކަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އެ ދާއިރާގައި ތިބިކަން ފާހަގަ ކުރައްވަމުން ފާރިސް ވިދާޅުވި، މި ހުރިހާ ކަމަކަށް މިހާރުން މިހާރަށް ހައްލެއް ބޭނުންވާ ކަމަށެވެ. އަދި މިހާރު އޮތް އުސޫލުތަކަކީ އެންމެ އިންސާފުވެރި އުސޫލުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހުރިހާ ކަމަކަށް ހައްލެއް ހޯދުމަށް ސަރުކާރު މެދުވެރިކޮށް މަސައްކަތް ކުރައްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މާފަންނު އުތުރު ދާއިރާ އަށް ފާރިސް ހިމެނޭ ގޮތަށް ހަ ކެންޑިޑޭޓަކު ވަނީ ކުރިމަތިލައްވާފައެވެ. އާބާދީގައި 4228 މީހުން ދިރިއުޅޭ މާފަންނު އުތުރު ދާއިރާ އަށް ވޯޓުލެވޭ މީހުންގެ އަދަދަކީ 3095 އެވެ.  

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް