Advertisement
ކ. މާލެ
|
30 މާރޗް 2019 | ހޮނިހިރު 00:48
މިނިސްޓަރު އައިޝަތު ނަހުލާ
މިނިސްޓަރު އައިޝަތު ނަހުލާ
ރާއްޖެއެމްވީ
ފާރިސް މައުމޫން
ނަހުލާގެ ތައުރީފް ފާރިސަށް، ވިދާޅުވީ ރައުސްމާލެއް ކަަމަށް
ފާރިސް އިންތިހާބު ކޮށްދިނުމަށް ދާއިރާގެ ރައްޔިތުންނަށް ގޮވާލެއްވި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ފާރިސް މައުމޫން އަކީ އެ ދާއިރާ އަށް ލިބޭނެ ރައުސްމާލެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ފާރިސް މައުމޫނުގެ ކެމްޕޭނު ޖަލްސާގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް އެއް ކެންޑިޑޭޓަކީ ފާރިސް ކަމަށާއި، ފާރިސް މަޖިލީހުގައި ކޮށްދެއްވަމުންދާ މަސައްކަތައް އުފާ ކުރައްވާ ކަމަށެވެ.

މި ދާއިރާގެ ރައްޔިތުންނަށް ދަންނަވާލަން އޮތީ މާމިގިލި ޖަލްސާއެއްގައި އަޅުގަނޑު ދާދި ފަހަކުން ބުނިން އެ ދާއިރާ އަށް ލިބޭނެ އަގުބޮޑު ޖަވާހިރެކޭ ގާސިމް އިބްރާހިމް އަކީ. ހަމަ އެ ގޮތަށް މި ދާއިރާގެ ރައްޔިތުން މި ދާއިރާގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ލިބޭނެ ބޮޑު ރައުސުލްމާލެއް ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ ފާރިސް އެއީ'' ނަހުލާ ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލްގައި ބޭއްވި އެ ޖަލްސާގައި މިނިސްޓަރު އައިޝާ ވިދާޅުވީ ސަރުކާރުގެ ކޯލިޝަން ދަމަހައްޓައި، ރައްޔިތުންނަށް ހިދުމަތް ކުރާނެ ފުރުސަތު ދިނުމަށް ފާރިސް އިންތިހާބު ކޮށްދިނުމަށް މަންޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

ކުރީ ސަރުކާރުން އެތައް އަނިޔާތަކެއް ލިބުނު ނަމަވެސް ހިތްވަރާ އެކު އަބަދުވެސް ފާރިސް ހުންނެވިކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. އެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރުގެ ގިނަ ވަޒީރުންތަކެއް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް